އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބާ ގުޅިގެން އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް މެންބަރުން ހޯދުން

ނަންބަރު:A)AB-2018/194)

އިޢުލާނު   

ރިޔާސީ އިންތިޚާބާ ގުޅިގެން އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް މެންބަރުން ހޯދުން

ކޮންމެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯއަށް 3 (ތިން) މެންބަރުންނާއި އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގެ ކޮމްޕްލެއިންޓްސް ބިޔުރޯއަށް 3 (ތިން) މެންބަރުން

ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާ ހުންނަ ރަށެއްގައި އަދި އައްޑޫ ސިޓީ ހިތަދޫ އާއި ފުވައްމުލަކުގައި.

ކޮމްޕްލެއިންޓްސް ބިއުރޯ ވެރިޔާއަށް:- މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 (ދުވިސައްތަ ފަންސާސް) ރުފިޔާ.

ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރަކަށް: މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/200 (ދުވިސައްތަ) ރުފިޔާ.

ރިޔާސީ އިންތިޚާބް 2018ގެ ވޯޓުލުން އޮންނަ ދުވަހުގެ 10 (ދިހައެއް) ދުވަސް ކުރިން ފެށިގެން އިންތިޚާބު ނިމި 7 (ހަތެއް) ދުވަސް ވަންދެން. (ޖުމްލަ 17 ދުވަސް) މިމުއްދަތުގެ ފަހުންވެސް އިންތިޚާބުގެ މަސައްކަތާއި ގުޅިގެން މުއްދަތު އިތުރުކުރަންޖެހޭނަމަ، މުއްދަތު އިތުރުކުރާ ގޮތަށް.

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހޭ ގޮތަށް.

ޤާނޫނީ ދާއިރާއިން ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު 1 (އެކެއް) އަހަރު ދުވަހުގެ ކަމާ ގުޅޭ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ދާއިރާއަކުން ސަނަދެއް ހާޞިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުން

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ކެމްޕެއިންކުރުމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުން.

ޝަކުވާ ހުށައެޅުމުގެ ނިޒާމުގެ ތެރެއިން އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުން.

- އަތޮޅު/ އައްޑޫ ސިޓީ އަދި ފުވައްމުލަކު ކޮމްޕްލެއިންޓސް ބިޔުރޯގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.  

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޯގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަނަށް ނުވަތަ ރަށެއްގެނަމަ ރަށު ކައުންސިލް އިދާރާއަށް، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސިޓީ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

އަތޮޅު، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގެ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި، ރަށެއްގެނަމަ ރަށު ކައުންސިލް އިދާރާއިން، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މަތީގައިވާ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތައް އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

މި އިޢުލާނުގައިވާ މަސައްކަތްތަކައް ހިނގަމުންދާ ދުވަސްވަރު، މިއިއުލާނުގައިވާ މަސައްކަތަށް ހޮވިފައިވާ ފަރާތްތަކުން މަސައްކަތް ދޫކޮށްލައިފިނަމަ، މި އިއުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތަކަށް އެ މަސައްކަތް ހަމަޖެއްސުމުގެ ފުރުޞަތު އޮންނާނެއެވެ.

މީހުން ހޮވުމުގައި ބަލާ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމު

40

މަސައްކަތު ތަޖުރިބާ

35

އިންޓަރވިއު

25

ޖުމްލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް

- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކްސް އަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.

01 ޛުލްޙިއްޖާ 1438

13 އޮގަސްޓް 2018
ހޯދާ