ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމާގުޅޭ

                  ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާތީ 2018 ޖުލައި 24 ވަނަ ދުވަހުންފެށިގެން މަޢުލޫމާތު ބަދަލުވެގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުން މެދުކަޑާލިވާހަކަ ދަންނަމެވެ. މިގޮތަށް ނިންމަންޖެހުނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައެވެ.

އަދި ދަންނަވަމެވެ. ރިޔާސީ އިންތިޚާބަށް ފަހު ކުރިޔެކޭވެސް އެއްފަދައިން މަޢުލޫމާތު ބަދަކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެމުން ދާނެވާހަކަވެސް ދެންނެވީމެވެ.

23 ޖުލައި 2018
ހޯދާ