މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބީލަމުގެ އުޞޫލުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން

ބީލަމުގެ އުޞޫލުން ތިރީގައި މިދަންނަވާ ފަޅުރަށްތައް ވަރުވާ އަށް ހިފުމަށްއެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.

  1. މ. މާޅަވެލި (އާވެލި) (1.00 ހެކްޓަރ)
  2. މ. ދިއްތުޑި (15.78 ހެކްޓަރ)
  3. މ. ގޮންގަލީހުރާ (1.00 ހެކްޓަރ)
  4. މ. ސީދީހުރާ (1.28 ހެކްޓަރ)
  5. މ. ސީދީހުރާވެލިގަނޑު (3.00 ހެކްޓަރ)
  6. ފ. ކަނޑުމޫނުފުށި (0.84 ހެކްޓަރ)
  7. ފ. އެނބުލުފުށި (1.00 ހެކްޓަރ)
  8. ފ. އަދަންގައު (1.29 ހެކްޓަރ)
  9. ފ. ވިލިނގިލިވަރުފިނޮޅު (0.10 ހެކްޓަރ)
  10. ފ. މަޑިވަރުހުރާ (0.26 ހެކްޓަރ)
  11. ފ. މަގޫދޫބޮޑުފިނޮޅު (0.81 ހެކްޓަރ)
  12. ފ. ދިގުވަރުފިނޮޅު (0.72 ހެކްޓަރ)
  13. ހއ. ކުޑަފިނޮޅު (3.60 ހެކްޓަރ)
  14. ހއ. އުމުރަތްފިނޮޅު (1.09 ހެކްޓަރ)
  15. ހދ. އިންނަފުށި (2.25 ހެކްޓަރ)
  16. ށ. ކުޑަދޫ) 3.60 ހެކްޓަރ)
  17. ރ. ދިއްކުރެއްދޫ (4.00 ހެކްޓަރ)
  18. ޅ. ކަޅުމަންޖެހުރާ (0.70 ހެކްޓަރ)
  19. ކ. އިތާފިނޮޅު (0.24 ހެކްޓަރ)
  20. އދ. ކަޅަހަނދިހުރާ (1.16 ހެކްޓަރ)
  21. ވ. ތުނޑުހުރާ (0.10 ހެކްޓަރ) 

ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 23 ޖުލައި 2018 (ހޯމަ) ދުވަހުން ފެށިގެން 06 އޯގަސްޓު 2018 (ހޯމަ) ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް މި މިނިސްޓްރީންނެވެ.

ބިޑް ފޯމެއްގެ އަގަކީ -/20  (ވިހި) ރުފިޔާ އެވެ.

މަޢުލޫމާތު ދިނުމާއި ޕްރޮސެސިންގ ފީ ބަލައިގަތުމާއި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚްތައް ތިރީގައި އެވަނީ އެވެ.

މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ތާރީޚް:

02 އޯގަސްޓު 2018 (ބުރާސްފަތި)

ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

07 އޯގަސްޓު 2018 އިން 09 އޯގަސްޓު 2018 ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެދުނު 9:00 އިން 12:00 އަށް،

ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނެ ތަނާއި ގަޑި މި މިނިސްޓްރީން ފަހުން އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.

22 ޖުލައި 2018
ހޯދާ