މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ފަސާޑު ހަދައިދޭނެ ފަރާތެއް ހޯދުން

 

 

                                                                      ނަންބަރު:MREIC/IU/2018/0015

 

އިޢުލާން

 

އިމާރާތެއްގައި މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ސްޕައިޑާ ގްލޭޒިން ސިސްޓަމް ބޭނުންކޮށްގެން ފަސާޑު ހަދައިދޭނެ ފަރާތެއް ހޯދުން:

 

އިމާރާތެއްގައި މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ސްޕައިޑާ ގްލޭޒިން ސިސްޓަމް ބޭނުންކޮށްގެން ފަސާޑު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖުލައި 2018 ވާ އަންގާރަ ދުވަހު 14:00 އަށް، މި ކުންފުނީގެ އޮފީސް، ހ.ސޯމިލް (ފުރަތަމަ ފަންގިފިލާ)،

މީޓިންގްރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. 30 ޖުލައި 2018 ވާ ހޯމަ ދުވަހު 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް

އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު

ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ  މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް

(ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނުވަތަ 9996717

ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

08 ޒުލްޤައިދާ 1439

                                        21 ޖުލައި 2018

21 ޖުލައި 2018
ހޯދާ