ކިނބިދޫ ޞިއްޙީ މަރުކަޒު، ތ. ކިނބިދޫ
ދިވެހިރާއްޖެ
ނަރުހުންގެ މަގާމަށް މީހަކު ހޯދުން

                                                

ކިނބިދޫ ޞިއްޙީ މަރުކަޒު

ތ. ކިނބިދޫ،  ދިވެހިރާއްޖެ

 

N12-HC/ID/2018/07 ނަންބަރު:

އިޢުލާން

މަޤާމް:

އެންރޯލްޑް ނާރސް

މަޤާމުގެ ނަންބަރު:

J-290233,J-290234

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގރ2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ. ކިނބިދޫ ޞިއްޙީ މަރުކަޒު

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  6. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ އެލަވަންސް.
  7. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް، ބަލިމީހުންގެ ހައްޤުތަކަށް ރައްކާތެރިވެ، އިޙްތިރާމައި ލޯތްބާއެކު ޒިންމާދާރު ނަރސިންގް ކެއަރއެއްދިނުން.
  2. ނަރސިންގ ކެއަރއަށް ބޭނުންވާ ސެޓަޕް ތައްޔާރުކޮށް އެއްޗެއް މަދުވާނަމަ މެނޭޖްމެންޓާ ވާހަކަ ދައްކައިގެން އެ އެއްޗެއް ހޯދުމަށް މަސައްކަތްކުރުން
  3. ބަލިމީހުން ރިފަރ ކުރާ ހާލަތްތަކުގައި ބަލިމީހުން ގޮވައިގެން ދާންޖެހިއްޖެނަމަ ދިއުން
  4. މަރުކަޒުގެ ފަރާތުން ސިއްޙީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމްތަކުގައި އަމަލީ ގޮތުން ބައިވެރިވުން
  5. މުއައްޒަފުން މަދު ވަގުތުތަކުގައި ބަލިމީހުންނަށް ބޭސްސިޓީ ހެއްދުމާއި ޑޮކްޓަރަށް ތަރުޖަމާ ކޮށްދިނުން
  6. ބޭނުންކުރާ ކޮންސިއުމަބްލްސް އައިޓަމްތައް ބޭނުންކުރުމުގައި އިސްރާފު ނުކުރުމާއި، ރިޕްލޭސް ކުރަންޖެހޭ ތަކެތި ހޯދުމަށް ބާރުއެޅުން
  7. ވޯޑަކީ ބަލިމީހުންނާއި އެހީތެރިންނަށް ހަމަހިމޭން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ތަނުގައި ހެދިފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބަލީމީހުންނާއި އެހީތެރިންނަށް ނަޞޭހަތްދިނުމާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން
  8. ބަލިމީހުންގެ ހައްޤުތަކަށް ރައްކާތެރިވެ، ސިއްރުތައް ހިފެހެއްޓުން
  9. ސިއްހީ ދާއިރާގެ ގާނޫންތަކައި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އެ ގާނޫންތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުން
  10. މަރުކަޒަށް އެކިބޭނުންތަކުގައި އަންނަ މީހުންނާއި ހިތްހެޔޮކަމާއި އިހްތިރާމާއި އެކު މުއާމަލާތުކުރުމާއި، އެ މީހުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި އެހީތެރިވުން
  11. ކޯލް ޑިއުޓީތަކަށް ސަމާލުކަން ދިނުމާއި މަރުކަޒުން ގުޅަން ބޭނުންވާ ހާލަތްތަކުގައި ފޯނަށް ޖަވާބުދިނުން

    12.  މުއައްޒަފުންގެ އެއްބައިވަންތަކަމަށް މަސައްކަތްކުރުމާއި، މަސްލަހަތު ގެއްލޭފަދަ އެއްވެސް ވާހަކައެއް ނުދެއްކުމާއި، މަރުކަޒުންދެވޭ ޚިދުމަތްތަކާއި މުއްޒަފުން ބަދުނާމުވާފަދަ އެއްވެސް ވާހަކައެއް ނުދެއްކުމާއި އެފަދަ ކަމެއް ނުކުރުން

 

މަޤާމުގެ ޝަރުޠުތައް:

ސަރުކާރު ގަބޫލު ކުރާ އިންސްޓިޓިއުޓް އެއްގައި ނާރސް އެއިޑް ކޯސް ފުރިހަމަ ކޮށްފައިވުން ނުވަތަ އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖުލައި 2018 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ތ.ކިނބިދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޡިލް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 05 އޯގަސްޓް 2018 އާއި 12 އޯގަސްޓް 2018 އާ ދެމެދު، ތ.ކިނބިދޫ ޞިއްޙީ މަރުކަޒު ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ  ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780625 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

06 ޛުލްޤައިދާ 1439ހ.

19 ޖުލައި 2018މ.

 

19 ޖުލައި 2018
ހޯދާ