ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ ޕްރޮގްރާމްސް

މަޤާމް :އެސިސްޓެންޓް މެނޭޖަރ ޕްރޮގްރާމްސް
ބޭނުންވާ އަދަދު :1

 

 

ވަޒީފާގެ ފުރުޞަތު                                 

މަޤާމް

އެސިސްޓެންޓް މެނޭޖަރ ޕްރޮގްރާމްސް

އަސާސީ މުސާރަ

މަހަކު -/10000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީ.ޕީ 1

ބޭނުންވާ ޢަދަދު

1

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޓީވީ ޕްރޮގްރާމްސް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް ކުންފުނީގެ އުސޫލުތަކުގެ މަތިން ދާއިމީ ކުރެވޭނެއެވެ.

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • އަންޑަރގްރޭޖްއޭޓް ޑިގުރީއެއް އޮތުމާއެކު ދާއިރާގެ މަޤާމެއްގައި 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިގެ 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓީ.ވީ.އެމްގެ އޮންއެއާގެ ކޮންޓެންޓް ޕްލޭންކޮށް، ރާވާ ޕްރޮޑިއުސަރުންނާއި އުފައްދާފަރާތްތަކާ ގުޅިގެން ތަންފީޒުކުރުން.
  • އިނޮވޭޓިވް ގޮތްތަކަށް ޕްރޮގްރާމްތައް ބައްޓަން ކުރުމަށް ޕްރޮޑިއުސަރުން އުފައްދާ ފަރާތްތަކަށް ޚިޔާލާއި ތަޖުރިބާ ހިއްސާކުރުން.
  • ޕްރޮޑަކްޝަންތައް ކޯޑިނޭޓް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޮންމެ އަހަރަކަށްވެސް އޮންއެއާ ބައްޓަންކޮށް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ރޭވުން.
  • ޕްރޮޑަކްޝަންތަކަށް ފަސޭހަވާނެ ގޮތްތަށް ދެނެގަނެ އަދި ކުރިމަތިވާ ދަތިތަކަށް ހައްލުހޯދާދިނުން.
  • ޕްރޮގްރާމް އުފައްދާ ޕްރޮޑިއުސަރުން ގެ މަސައްކަތް ހަވަލުކޮއް މަސައްކަތް މޮނީޓަރ ކުރުން.
  • ކޮންޓެންޓް ބަލާފާސްކޮށް ކަމާ ބެހޭ ފަރާތްތަކަށް ލިޔުމުންއެންގުން.
  • މުވައްޒަފުން އެޕްރައިޒަލް ކުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
  • ދިވެހި އަދި އިގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2018 ޖުލައި 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

                        04 ޒުލްޤައިދާ 1439

17 ޖުލައި 2018
ހޯދާ