ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ އެފް އެސް އެމް އީޒީފިލް ގުދަނުގައި ހުރި ބައުތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް

އިޢުލާން

މިކުންފުނީގެ އެފް އެސް އެމް އީޒީފިލް ގުދަނުގައި ހުރި ބައުތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.

މުދަލުގެ ބާވަތް:   ހަލާކުވެފައި ހުރި އިލެކްޓްރޯނިކް ސާމާނު، ގޮނޑި އަދި އޭސީ އުނިޓް

ތަން:      އެފް އެސް އެމް އީޒީފިލް ގުދަން، ކަނބާއައިސަރަނި ހިނގުން 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 11 ޖުލައި 2018 ވަނަ ދުވަހުން ފެށިގެން 14 ޖުލައި 2018 އާއި ދެމެދުގެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އީޒީފިލް ގުދަނަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށަހަޅުއްވާނީ 15 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:30 އަށް މިކުންފުނީގެ ހެޑް އޮފީހަށް ހާޞިރުވެއެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) އަދި އެފަރާތަކުން ހުށައަޅުއްވާ އަގު، ލިޔުމުން ހުށައަޅުއްވަން ވާނެއެވެ.     

މިނީލަމުގައި އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށް މިތަކެތީގެ އަގު ދެއްކުމަށްފަހު ގެންދިޔުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9996466 ނުވަތަ 7667060 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

11 ޖުލައި 2018
ހޯދާ