މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލެވިފައިވާ ހިޔާ 2018 މަޝްރޫޢުގެ ދަށުން އިޢުލާން ކުރެވިފައިވާ ކެޓެގަރީގެ ފޯމާއި މަޢުލޫމާތު ކަރުދާހަށް އިޞްލާޙެއްގެނައުން

މި މިނިސްޓްރީން 2018 މޭ 06 ވަނަ ދުވަހު ކުރި ނަންބަރު  (IUL)138-AS6/1/2018/150 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

 

ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީގެ ތެރެއިން ތިރިގައިމިވާ ކެޓެގަރީގެ ފޯމާއި މަޢުލޫމާތު ކަރުދާހަށް އަންނަނިވިގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

އިޞްލާޙު 1

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ

2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

ގެނެވުނު އިޞްލާޙު

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ ފޯމު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: ފޯމަށް ބަދަލުތަކަށް ގެނެވި، ފޯމަށް ޞަފްޙާ 3 އިތުރުކުރެވިފައިވާ ފޯމު މި މިނިސްޓްރީގެ ހިޔާ ވެބްސައިޓުންނާއި، މި މިނިސްޓްރީއިން ލިބިވަޑައިގަންނަވާނެވެ. އަދި އިޞްލާޙްކޮށްފައިވާ 2 ކެޓެގަރީގެ އިޞްލާޙްކުރެވިފައިވާ ފޯމު އދި މަޢުލޫމާތު ކަރުދާހުގެ ކޮންމެ ޞަފްޙާއެއްގެ ތިރީގައި H9/07/18/V2 ނުވަތަ H13/07/18/V2 ލިޔެވިފައިވާނެއެވެ.

 

އިޞްލާޙު 2

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ

ގެނެވުނު އިޞްލާޙު

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް:

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު

އެންމެ ގިނަވެގެން ލިބޭނެ ޕޮއިންޓް

ޕޮއިންޓް

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު

1) ދަފްތަރުގައި ދެމިހުރި މުއްދަތު

20

5

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 5 އަހަރު ވެފައި ނުވާނަމަ

10

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 5 އަހަރު ހަމަވެ، 10 އަހަރު ހަމަ ނުވާނަމަ

15

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 10 އަހަރު ހަމަވެ، 15 އަހަރު ހަމަ ނުވާނަމަ

20

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ

2) މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތު

20

5

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 5 އަހަރު ހަމަވެ، 10 އަހަރު ވެފައި ނުވާނަމަ

10

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރު ހަމަވެ، 15 އަހަރު ހަމަ ނުވާނަމަ

15

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ހަމަވެ، 20 އަހަރު ހަމަ ނުވާނަމަ

20

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 20 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ

3) ޢާއިލާގެ ކުޑަބޮޑުމިން

20

5

ދަރިއަކު ނެތްނަމަ

10

ދަރިންގެ އަދަދު 1 ނަމަ

15

ދަރިންގެ އަދަދު 2 ނަމަ

20

ދަރިންގެ އަދަދު 3 ނުވަތަ އެއަށްވުރެ ގިނަނަމަ

4) އެހެނިހެން

10

10

ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ ޢާއިލާގެ ޚާއްޞައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ

5) ދިރިއުޅުމުގެ ހާލަތު

30

30

ދިރިއުޅުމުގެ ހާލަތަށް ރިޢާޔަތްކޮށް ދެވޭ ޕޮއިންޓް

 

 

އިޞްލާޙު 3

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

ގެނެވުނު އިޞްލާޙު

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް:

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު

އެންމެ ގިނަވެގެން ލިބޭނެ ޕޮއިންޓް

ޕޮއިންޓް

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު

1) ދަފްތަރުގައި ދެމިހުރި މުއްދަތު

20

5

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 5 އަހަރު ވެފައި ނުވާނަމަ

10

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 5 އަހަރު ހަމަވެ، 10 އަހަރު ހަމަ ނުވާނަމަ

15

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 10 އަހަރު ހަމަވެ، 15 އަހަރު ހަމަ ނުވާނަމަ

20

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ

2) މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތު

20

5

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 5 އަހަރު ހަމަވެ، 10 އަހަރު ވެފައި ނުވާނަމަ

10

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރު ހަމަވެ، 15 އަހަރު ހަމަ ނުވާނަމަ

15

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ހަމަވެ، 20 އަހަރު ހަމަ ނުވާނަމަ

20

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 20 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ

2) ޢާއިލާގެ ކުޑަބޮޑުމިން

20

10

ދަރިއަކު ނެތްނަމަ

15

ދަރިންގެ އަދަދު 2 ނަމަ

20

ދަރިންގެ އަދަދު 1 ނަމަ

3) އެހެނިހެން

10

10

ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ ޢާއިލާގެ ޚާއްޞައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ

4) ދިރިއުޅުމުގެ ހާލަތު

30

30

ދިރިއުޅުމުގެ ހާލަތަށް ރިޢާޔަތްކޮށް ދެވޭ ޕޮއިންޓް

 

 

އިޞްލާޙު 4

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ

2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

ގެނެވުނު އިޞްލާޙު

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިމިވާ ލިޔުން އިތުރުކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: ފުލެޓަށްއެދޭ މީހާ މާލޭގައި ދިރިއުޅުނު މުއްދަތަށް ހެކިވާ 2 ހެކިންގެ އައިޑީ ކާޑުގެ ކޮޕީ

 

އަދި މި ކެޓެގަރީގެ ދަށުން، ދަފްތަރުގައި ރަޖިސްޓްރީ ވުމާއި، ފުލެޓުތަކަށް އެދި ކުރިމަތިލުމަށް ފޯމު ހުށަހެޅުން ކުރިޔަށް ގެންދަވާނީ އަންނަނިވި ގޮތަށެވެ.

1) މި މިނިސްޓްރީގެ ދަށުން ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވޭ އޮފީހަށް، ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހެޅޭނެއެވެ.

2) ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ފަހު ހަވާލުކުރެވޭ ސްލިޕް އާއި އެކެ "ހިޔާ 2018"ގެ ދަށުން ހުޅުވާލެވިފައިވާ H9 މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި H13 މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓަށް އެދި ފޯމު ހުށަހެޅޭނެއެވެ.

3) ދަފްތަރުގައި ރަޖިސްޓްރީކޮށް، ދަފްތަރު އިސްލާޙުކޮށް، އައިޑީ ކާޑު ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހުގައެވެ.

10 ޖުލައި 2018
ހޯދާ