މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމު:

އޮފީސް އެސިސްޓަންޓް

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (6 މަސް ދުވަސް)

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ.

މުސާރަ:

ޖުމްލަ މުސާރަ: 7,340.00 ރުފިޔާ

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ޑްރައިވިންގ ލައިސެންސެއް އޮތުމާއެކު އަމިއްލަ ސައިކަލެއް ގެންގުޅޭ ފަރާތެއް ކަމުގައި ވުން.
  3. ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގުން.
  4. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށް ފަރުވާބަހައްޓާ މީހަކަށް ވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީހުން ގެންދަންޖެހޭ ސިޓީއާއި، ނޯޓާއި، އެހެނިހެން ތަކެތި ހަވާލުކުރަންޖެހޭ ތަންތަނަށް ހަވާލުކުރުން.
  2. ފައިސާ ނެގުމާއި ފައިސާ ދެއްކުމާގުޅޭ ކަންކަމުގައި އޮފީހުގެ ފައިސާއާ ބެހޭ ޔުނިޓުން އަންގާގޮތެއްގެ މަތިން ދާންޖެހޭ ތަންތަނަށް ދިއުމާއި، އެ މަސައްކަތްކުރުން.
  3. އޮފީހަށް ނަގަންޖެހޭ މުދަލާއި ތަކެތި ނެގުމަށް ސެކްޝަން/ ޔުނިޓުތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާގޮތަށް އެތަކެތީގެ ކޯޓޭޝަންތައް ހޯދުމާއި އޮފީހަށް ގަންނަންޖެހޭ ތަކެތި ގަންނަން ދިއުން.
  4. މައި އޮފީސް، މީޓިންގ ރޫމް އަދި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން.
  5. ސައިކޮޓަރިއަށް ބޭނުންވާ ތަކެތި ހަމަކޮށް، ބެލެހެއްޓުން.
  6. ބައްދަލުވުންތަކަށް މީޓިންގ ރޫމް ތައްުާރުކުރުމާއި، ބައްދަލުވުން ހިނގާ ވަގުތުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. މީގެއިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
  3. ލައިސެންސްގެ ކޮޕީ.
  4. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ސުންގަޑި:

މަތީގައި ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ.

10 ޖުލައި 2018
ހޯދާ