މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލެވިފައިވާ ހިޔާ 2018 މަޝްރޫޢުގެ ދަށުން އިޢުލާން ކުރެވިފައިވާ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހާއި ފޯމަށް އިޞްލާޙެއްގެނައުން

މި މިނިސްޓްރީން 2018 މޭ 06 ވަނަ ދުވަހު ކުރި ނަންބަރު  (IUL)138-AS6/1/2018/150 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

 

ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީގެ ތެރެއިން ތިރިގައިމިވާ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހާއި ފޯމު، އަންނަނިވިގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

އަދި މި ކެޓެގަރީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 475 ފުލެޓުގެ ތެރެއިން ޑޮކްޓަރުންނަށް ކަނޑައެޅިފައިވަނީ 125 ފުލެޓު ކަމާއި އަދި ނަރުހުންނަށް 350 ފުލެޓުކަމުގައިވެސް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

އިޞްލާޙު 1

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ

ގެނެވުނު އިޞްލާޙު

ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކު ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ސުމާރު ނަންބަރު 2 (ތަޢުލީމީ ފެންވަރު) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް:

2.1) ތަޢުލީމީ ފެންވަރު(ޑޮކްޓަރުން)

30

15

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީ ހާސިލްކޮށްފައިވާނަމަ ނުވަތަ މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބީ.ޑީ.އެސް ނުވަތަ ބީ.ޑީ.އެސްއާ އެއް ފެންވަރުގެ ޑިގްރީ ހާސިލްކޮށްފައިވާނަމަ

20

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއަކާ އެއް ފެންވަރުގެ ސެޓްފިކެޓެއް ކްލިނިކަލް ސްޕެޝަލްޓީއަކުން ނުވަތަ ކްލިނިކަލް ސަބް-ސްޕެޝަލްޓީއަކުން ނުވަތަ ޑެންޓަލް ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވާނަމަ

25

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/އެމް.އެސް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވާނަމަ ނުވަތަ މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.އެސް ނުވަތަ އެމް.އެސްއާ އެއް ފެންވަރުގެ ސެޓްފިކެޓެއް ޑެންޓަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވާނަމަ

30

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/އެމް.އެސް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވާނަމަ

2.2) ތަޢުލީމީ ފެންވަރު (ނަރުހުން)

30

20

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ

25

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ

30

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތި ލިބިފައިވާނަމަ

 

 

އިޞްލާޙު 2

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ

ގެނެވުނު އިޞްލާޙު

މި ޢިއުލާނުގެ އިޞްލާޙު 1. ގައި ގެނެވިފައިވާ ބަދަލާއި ގުޅިގެން ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީގެ ފޯމުގެ ސުމާރު ނަންބަރު 4 (ފުލެޓަށްއެދޭ މީހާގެ ތަޢުލީމީ ފެންވަރުގެ މަޢުލޫމާތު) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް:

4) ފުލެޓަށްއެދޭ މީހާގެ ތަޢުލީމީ ފެންވަރުގެ މަޢުލޫމާތު:

ü ޖައްސަވާ

ދާއިރާއިން ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް (ޑޮކްޓަރުން)

#

 

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީ ހާސިލްކޮށްފައިވާނަމަ ނުވަތަ މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބީ.ޑީ.އެސް ނުވަތަ ބީ.ޑީ.އެސްއާ އެއް ފެންވަރުގެ ޑިގްރީ ހާސިލްކޮށްފައިވާނަމަ

1

 

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއަކާ އެއް ފެންވަރުގެ ސެޓްފިކެޓެއް ކްލިނިކަލް ސްޕެޝަލްޓީއަކުން ނުވަތަ ކްލިނިކަލް ސަބް-ސްޕެޝަލްޓީއަކުން ނުވަތަ ޑެންޓަލް ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވާނަމަ

2

 

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/އެމް.އެސް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވާނަމަ ނުވަތަ މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.އެސް ނުވަތަ އެމް.އެސްއާ އެއް ފެންވަރުގެ ސެޓްފިކެޓެއް ޑެންޓަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވާނަމަ

3

 

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/އެމް.އެސް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވާނަމަ

4

ü ޖައްސަވާ

ދާއިރާއިން ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް (ނަރުހުން)

#

 

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ

1

 

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ

2

 

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތި ލިބިފައިވާނަމަ

3

 

  

 

 

އިޞްލާޙު 3

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ

ގެނެވުނު އިޞްލާޙު

ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 4 (މާލެ/ހުޅުމާލެ/ވިލިމާލޭގައި ސިއްޙީ ދާއިރާއިން ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ މަޤާމުގައި ސިވިލް ސާރވިސްގައި މަސައްކަތް ކުރާ ފަރާތަކަށްވުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: މާލެ/ހުޅުމާލެ/ވިލިމާލޭގައި ސިއްޙީ ދާއިރާއިން ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ މަޤާމުގައި ސިވިލް ސާރވިސްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ ފަރާތަކަށްވުން

 

އިޞްލާޙު 4

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ

ގެނެވުނު އިޞްލާޙު

ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 5 (މިކެޓެގަރީއިން ފުލެޓް ލިބޭ ފަރާތަކުން ފުލެޓު ހަވާލުކުރުމަށް ފަހު މަދުވެގެން 10 އަހަރު ސިވިލް ސާރވިސްގެ ވަޒީފާގައި ދެމިހުރުން. ފޯމު ހުށަހަޅާ ފަރާތަކައީ 10 އަހަރުވުމުގެ ކުރިން ވަޒީފާއިން މުސްކުޅިކުރެވޭ އުމުރުގެ ފަރާތެއްނަމަ ވަޒީފާއިން މުސްކުޅި ކުރުމާ ހަމައަށް ސިވިލް ސާރވިސްގެ ވަޒީފާގައި ދެމިހުރުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: މިކެޓެގަރީއިން ފުލެޓް ލިބޭ ފަރާތަކުން ފުލެޓު ހަވާލުކުރުމަށް ފަހު މަދުވެގެން 10 އަހަރު ސިއްހީ ދާއިރާއިން ސިވިލް ސާރވިސްގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާގައި ދެމިހުރުން. ފޯމު ހުށަހަޅާ ފަރާތަކައީ 10 އަހަރުވުމުގެ ކުރިން ވަޒީފާއިން މުސްކުޅިކުރެވޭ އުމުރުގެ ފަރާތެއްނަމަ ވަޒީފާއިން މުސްކުޅި ކުރުމާ ހަމައަށް ސިއްހީ ދާއިރާއިން ސިވިލް ސާރވިސްގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާގައި ދެމިހުރުން

 

28 ޖޫން 2018
ހޯދާ