މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޓެކްނީޝަން ގރ.1
ބޭނުންވާ އަދަދު :2

ބޭނުންވާ އަދަދު: 02  (01 ކޯލް ސެންޓަރ އަށް، 01 އޮފީސް އިކުއިޕްމަންޓް ޔުނިޓަށް)

މަސައްކަތް ކުރަންޖެހޭ ތަން: އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް /  ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓް، ހުޅުލެ

ޝަރުތު :

  • އައި. ޓީ ގެ ދާއިރާއިން ޑިޕްލޮމާ ޙާސިލްކޮށްފައިވުން.

  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

  • ކޯލް ސެންޓަރގައި ވާ މަޤާމަކީ ދެޖިންސުގެ ބޭފުޅުންނަށް ސިޓީ ހުށައެޅޭނެ މަޤާމެކެވެ.

 

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުނީގެ އެންމެހައި އައި.ޓީ ޚިދުމަތާއި ގުޅުންހުރި މުވާސަލާތީ މައްސަލަތަކާއި، ރިކުއެސްޓްތައް ބަލައިގަނެ، ޖަވާބުދާރީވުން އަދި މައްސަލައެއްނަމަ ޙައްލުކުރުން ނުވަތަ ޙައްލުވާނޭ މަގުފަހިކުރުން.

  • މުވާސަލާތީ ޙިދުމަތް މެދުކެނޑިއްޖެ ޙާލަތެއްގައި ވީ އެންމެ އަވަސް ފުރުސަތެއްގައި ޙިދުމަތް ލިބޭނޭގޮތް މެދުވެރިކޮށްދިނުން.

  • އާއްމުކޮށް ކުރިމަތިވާ އައި.ޓީ މައްސަލަތަކާއި، އައި. ޓީ ޑިޕާޓްމަންޓުން ދެވޭ ޙިދުމަތުގެ ބޭނުން އެންމެ ރަނގަޅަށް ލިބިގަނެވޭނެ އުސޫލުތަކާއި ގޮތްތަކާއި ބެހޭގޮތުން ކުންފުނީގެ އެންމެހައި މުވައްޒަފުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް :  

- ވަޒީފާއަށް އެދޭ ފޯމް (www.macl.aero  އިން ޑައުންލޯޑް ކުރެއްވުމަށްފަހު ފުރިހަމަކުރައްވާ)

- ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  

- ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

 

ކުރިމަތިލުމުގެ ސުންގަޑި : 11 ޖޫން 2018 ވަނަ ދުވަހުގެ 1400.

 

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :     

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސް އޮޕަރޭޝަންސް، އަލްފާޟިލް ޙުސައިން ނައީމް،

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

 

އިތުރު މަޢުލޫމާތު : ފޯނު –  3325511

 

ނޯޓް: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  އެއް މަޤާމަށްވުރެ ގިނަ މަޤާމަށް އެދި ސިޓީ ހުށައަޅާނަމަ، ކޮންމެ މަޤާމަކަށްވެސް ސިޓީ އާއި ލިޔެކިޔުންތަކުގެ ވަކި ސެޓެއް ހުށައަޅުއްވާށެއެވެ.

05 ޖޫން 2018
ހޯދާ