މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލެވިފައިވާ ހިޔާ 2018 މަޝްރޫޢުގެ ދަށުން އިޢުލާން ކުރެވިފައިވާ ކެޓެގަރީތަކުގެ މަޢުލޫމާތު ކަރުދާހަށް އިޞްލާޙެއްގެނައުން

މި މިނިސްޓްރީން 2018 މޭ 06 ވަނަ ދުވަހު ކުރި ނަންބަރު  (IUL)138-AS6/1/2018/150 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

 

ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީގެ ތެރެއިން ތިރިގައިމިވާ 4 ކެޓެގަރީގެ މަޢުލޫމާތު ކަރުދާސް އަންނަނިވިގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

އިޞްލާޙު 1

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

 

1) މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓެގަރީ

2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ

3) މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

4) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

ގެނެވުނު އިޞްލާޙު

މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓެގަރީ، މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ، މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 3 (ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން ނުވަތަ ފޯމު ހުށަހަޅާ ތާރީޚުގައި ވަރިވެފައިވާ ފަރާތެއްނަމަ ފުލެޓަށް އެދޭ ފަރާތުގެ ދަރިއަކު ހުރުން ނުވަތަ އެއް ދަރިއަށް ވުރެ ގިނަ ދަރިން ބަލަމުންދާ ފަރާތަކަށްވުން ނުވަތަ ފޯމު ހުށަހަޅާ ތާރީޚުގައި އަނބި/ފިރިމީހާ ނިޔާވެފައިވާ ފަރާތެއްނަމަ ފުލެޓަށް އެދޭ ފަރާތުގެ ދަރިއަކު ހުރުން ނުވަތަ އެއް ދަރިއަށް ވުރެ ގިނަ ދަރިން ބަލަމުންދާ ފަރާތަކަށްވުން

 

ނޯޓު: މި ބަދަލާއި ގުޅިގެން މި 4 ކެޓެގަރީއަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކަކީ ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން ޝަރުޠުކުރެވިގެންނުދާނެއެވެ. އަދި ޝަރުޠުކުރެވިފައިވާނީ ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއްކޮށްގެ އުޅުން، ނުވަތަ އެ ފަރާތަކީ ފޯމު ހުށަހެޅުމުގެ ކުރިން ކައިވެންޏެއްކޮށް، މަދުވެގެން 1 ދަރިއަކު ބަލަމުންދާ ފަރާތަކަށްވުމެވެ. އެހެންނަމަވެސް، ފުލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް ތައްޔާރުކުރުމާއި ފުލެޓު ހަވާލުކުރުމުގައި މި 4 ކެޓެގަރީގެ ދަށުން ފޯމު ހުށަހަޅުއްވާ ފަރާތްތައް ތަރުތީބުކުރުމުގައި ކައިވެނިކޮށް ޢާއިލާއަކާއި އެކު ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވިގެންދާނެއެވެ. 

 

އިޞްލާޙު 2

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓެގަރީ

2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ

3) މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

4) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

ގެނެވުނު އިޞްލާޙު

މި ޢިއުލާނުގެ އިޞްލާޙު 1. ގައި ގެނެވިފައިވާ ބަދަލާއި ގުޅިގެން މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓެގަރީ، މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ، މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ސުމާރު ނަންބަރު 2 (ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީ) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީ (ވަރިވެފައިވާނަމަ ވަރީގެ ސެޓްފިކެޓުގެ ކޮޕީ، އަނބި/ފިރިމީހާ ނިޔާވެފައިވާނަ ނިޔާވިކަމުގެ ލިޔުން)

  

02 ޖޫން 2018
ހޯދާ