މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

   އިޢުލާން

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިސަރވިސަސް އިން ހދ. ހަނިމާދޫގައި ކުރިޔަށްގެންދާ މަޝްރޫޢުގެ މަސައްކަތަށް ލޭބަރުން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފުރަތަމަ ކުރެވުނު ނަންބަރު IUL)447-PR/1/2018/44) އިޢުލާން އާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

މި ސަރވިސަސްއިން ހދ.ހަނިމާދޫގައި ކުރިޔަށްގެންދާ މަޝްރޫޢު މަސައްކަތަށް ތިރީގައިމިދަންނަވާ ޢަދަދަށް މީހުން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

05 ކާޕެންޓަރ

01 އިލެކްޓްރިޝަން

05 މޭސަން

01 އެޑްމިނިސްޓްރޭޓިވް އޮފިސަރ

18 ލޭބަރ

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 މެއި 31 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް  2018 މެއި 27 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ފެށިގެން 2018 މެއި 31 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020852 އާއި 3020853 އަށް ގުޅުއްވުން އެދެމެވެ.

   10 ރަމަޟާން 1439 

25 މޭ 2018
ހޯދާ