މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ދޫކުރާ ހިޔާ 2018 މަޝްރޫޢުގެ 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ 2 ކެޓެގަރީ އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ ކެޓެގަރީ ގެ މަޢުލޫމާތު ކަރުދާހަށް އިޞްލާޙެއްގެނައުން

މި މިނިސްޓްރީން 2018 މޭ 06 ވަނަ ދުވަހު ކުރި ނަންބަރު  (IUL)138-AS6/1/2018/150 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. 

ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީގެ ތެރެއިން 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީއާއި، 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 2 (ފޯމު ހުށަހަޅާ ތާރީޚާއި ހަމައަށް މީލާދީގޮތުން އުމުރުން 18 އަހަރުފުރި 41 އަހަރު ފުރިފައިނުވުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ. 

ގެނެވުނު އިޞްލާޙް: ފޯމު ހުށަހަޅާ ތާރީޚާއި ހަމައަށް މީލާދީގޮތުން އުމުރުން 18 އަހަރުފުރި 30 އޭޕްރިލް 2018އާއި ހަމައަށް 41 އަހަރު ފުރިފައިނުވުން

23 މޭ 2018
ހޯދާ