މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ 1439 (2018) ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ވައިގެ ދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

 

މިކޯޕަރޭޝަންގެ 1439 (2018) ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ވައިގެ ދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކޯޕަރޭޝަންގެ 1439 (2018) ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ބައިވެރިވަޑައިގަންނަވާ ޙާޖީން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުން ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގް ޢަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެ މަގުން ގެންގޮސްދިނުމާއި އެނބުރި ގެނެސްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއާލައިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގެ ތަފްޞީލް

ނަން:               2018 ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ވައިގެ ދަތުރުގެ ޚިދުމަތް

ބޭނުންވާ ޚިދުމަތް:       މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން 2018 ވަނަ އަހަރުގެ ޙައްޖަށް ވަޑައިގަންނަވާ ޢުމްރާވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ހުޅުލެ، ދިވެހިރާއްޖެ އިން ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓް، ޖިއްދާ، ސަޢުދީ ޢަރަބިއްޔާ އަށް ގެންގޮސް ދިނުމާއި އަނބުރާ ގެނައުން.

ފްލައިޓް:             2018 ވަނަ އަހަރުގެ ޙައްޖުގެ ވައިގެ ދަތުރުތައް ހަމަޖައްސައި ދެއްވަންވާނީ މި ކޯޕަރޭޝަނުން ކަނޑައަޅާ ޝެޑިއުލަކާ އެއްގޮތަށެވެ.

ބީލަމާބެހޭ މަޢުލޫމާތު ދިނުން

30 މޭ 2018 ވާ ބުދަ ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓް (10:00) ގައި، މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 07 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓު (10:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޒިރުގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

މޫކައި ސުއިޓްސް، މ. ސަކައިމޫ، 2ވަނަ ފަންގި ފިލާ، މާލެ 20222، ދިވެހިރާއްޖެ

ފޯނު ނަންބަރު:

3011000 960+

ފެކްސް:  

3011004 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:

އިބްރާހީމް އިސްމާޢީލް

އީ-މެއިލް:

ibrahim@mhcl.mv / admin@mhcl.mv

މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯއްދެވިދާނެއެވެ.

ނޯޓު: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި އެއީ: (GMT+5:00) އެވެ.

22 މޭ 2018
ހޯދާ