މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ސ.ހިތަދޫގައި ޕާރކެއް ފަރުމާކޮށް އަދި ބިނާކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

މި އިޢުލާންވަނީ 21 މޭ 2018 11:10 ގައި ބާތިލް ކުރެވިފައެވެ.


އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

ސ. ހިތަދޫގައި ޕަބަލިކް ޕާރކެއް އެޅުމާބެހޭ

 

މި އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް ޕަބްލިކް ޕާރކެއް ފަަރުމާކޮށް އަދި ބިނާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:


ތާރީޚު: 27 މެއި 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

ޕްރޮޕޯސަލް ބަލައިގަތުން:


ތާރީޚު 03 ޖޫން 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ މި އިއުލާނާއިގުޅޭ ޓީ.އޯ.އާރް އިން ލިބިވަޑައިގަންނަވާނެއެވެ
https://www.pension.gov.mv/en/media/publications/tor

  

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ[email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

 

05 ރަމަޟާން 1439 ހ

20 މެއި 2018 މ

 

20 މޭ 2018
ހޯދާ