ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ ފިޠުރު ޒަކާތް ކައުންސިލްގެ އިދާރާއިން ބަލައިގަތުން

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް މި ކައުންސިލްގެ އިދާރާއަށް ފިޠުރު ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20 މޭ 2018 ވާ އާދީއްތަ ދުވަހުން ފެށިގެން 10 ޖޫން 2018 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:15 އިން މެންދުރު 12:45 އަށެވެ. 

ފިޠުރު ޒަކާތުގެ ގޮތުގައި ކޮންމެ ބޭފުޅަކު ވެސް ދައްކަވަން ޖެހިވަޑައިގަންނަވާނީ 2.4 ކިލޯގްރާމްގެ ހަނޑުލެވެ. ނުވަތަ އެ މިންވަރުގެ ހަނޑުލަށް ޖެހޭ އަގެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަވާނީ އެ ބޭފުޅަކު އެ އަހަރުގެ ތެރޭގައި ފަރިއްކުޅުވި ހަނޑުލުގެ ބާވަތަކުން 2.4 ކިލޯގްރާމުގެ ހަނޑުލެވެ. ނުވަތަ އޭގެ އަގެވެ. އެ ގޮތުން މި އަހަރު މި ރަށުން ފިތުރު ޒަކާތް ދައްކަވާ ބޭފުޅުން ފައިސާއިން ފިތުރު ޒަކާތް ދައްކަވާނަމަ، ދައްކަވަން ޖެހިވަޑައިގަންނަވާ އަދަދު ތިރީގައި އެވަނީއެވެ.

އާދައިގެ ހަނޑުލުން ނަމަ: 14.40 ރުފިޔާ  

ތައިލެންޑް ހުދު ހަނޑުލުން ނަމަ: 48.00 ރުފިޔާ

ބާސްމަތީ ހަނޑުލުން ނަމަ: 84.00 ރުފިޔާ    

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މޭ 2018
ހޯދާ