މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް ބްލޭޑް ސަރވަރއެއް ހޯދުމަށް

އިޢުލާން

 މިނިސްޓްރީ އޮފް ހެލްތަށް ބްލޭޑް ސަރވަރއެއް ހޯދުމަށް ބޭނުންވެގެން އޭޕްރިލް 23 2018 ގައި ކުރެވުނު ދެވަނަ ނަންބަރު: (IUL)23-AP/23/2018/95  އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވަން އެއްވެސް ފަރާތެއް ވަޑައިގެންފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 21 މެއި 2018 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މެއި 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

27 ޝައުބާން 1439

14 މޭ 2018
ހޯދާ