ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ ( ހާޑްވެއަރ އެންޑް ނެޓްވޯކިން )

ނަންބަރު: FNK/A/IUL/2018/172  

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މެނޭޖަރ ( ހާޑްވެއަރ އެންޑް ނެޓްވޯކިން )

މަޤާމް:

10 (އެކެއް)

ބޭނުންވާ އަދަދު:

އައި.ސީ.ޓީ ޑިޕާރޓްމަންޓް / ހާރޑްވެއަރ މެއިންޓެނަންސް އެންޑް ސަޕޯރޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

8000ރ. (އަށްހާސް ރުފިޔާ)

އަސާސީ މުސާރަ:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %40 )ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

 (ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  (ފަހެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން

 (ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 9 (ނުވައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

 (ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 6 (ހައެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

 (ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 (ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 (ނުވައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން،

 (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

ފެންވަރު ނުވަތަ ޝަރުތު:

 (ހ) އޮފީހުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އައި.ސީ.ޓީ މަސައްކަތްތައް ރާވާހިންގުމުގައި އެހީތެރިވުން

 (ށ) ސްވިޗް، ރައުޓަރ، ފިންގަރ މެޝިން ފަދަ ޑިވައިސްތައް ހަރުކޮށް ކޮންފިގަރ ކުރުން.

 (ނ) އައި.ސީ.ޓީ ހެލްޕް ޑެސްކް ޓިކެޓް ސިސްޓަމްގެ މަސައްކަތްކުރުން.

 (ރ) އޮފީހުގެ ޕޮލިސީއާ އެއްގޮތަށް މުއައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުމާއި ސެކިޔުރިޓީ ބެލެހެއްޓުން.

 (ބ) ކޮމްޕިއުޓަރުތަކަށް ދިމާވާ ސޮފްޓްވެއަރ އަދި ހާރޑްވެއަރ މައްސަލަތައް ޙައްލުކުރުން.

 (ޅ) އޮފީހުގެ ނެޓްވޯރކިންގ އަދި ނެޓްވޯރކް ސްވިޗް އެޅުމާއި މެނޭޖް ކުރުން.

 (ކ) ޕްރިންޓަރ، ސްކޭނަރ، ޕޮޓޯކޮޕީ އަދި ފެކްސް މެޝިން ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލު ކުރުން.

 (އ) އޮފީހުގެ މުއައްޒަފުންނަށް ބޭނުންވާ ސޮފްޓްވެއަރތަކުގެ ޓްރެއިންގް ދިނުން.

 (ވ) އޮފީހުގެ އީ.މެއިލް ކޮންފިގަރ ކުރުމާއި މެނޭޖް ކުރުން.

 (މ) އޮފީހުގެ އައުޓް ސްޓޭޝަންތަކަށް ދިމާވާ އައި.ސީ.ޓީ މައްސަލަތައް ރަގަޅު ކުރުން.

މަސްޢޫލިއްޔަތު ތައް:

 

  

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  09:00 – 13:30 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މެއި 2018 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

27 ޝަޢުބާން 1439

13 މެއި  2018

13 މޭ 2018
ހޯދާ