ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޭޅިމަގުގައިވާ ރުއްގަސް ކެނޑުމާއި ގުޅޭ

ހޭޅިމަގުގައިވާ ރުއްގަސް ކެނޑުމާއި ގުޅޭ

     ލ މުންޑޫގައި މީހުންދިރިއުޅޭ ސަރަހައްދުގެ އިރުމަތީ ފަރާތުގައި ރަށް ދިގަށްއޮންނަ މަގު (ހޭޅިމަގު) ގެ އުތުރު ކޮޅު ރަށް ހުރަހަށްއޮންނަ މަގު ކަމަށްވާ ޒިޔާރަތްމަގުން

ފެށިގެން ދެކުނަށްގޮސް ބުއްދާގެ މަގާއި ދެމެދު ހޭޅިމަގަށް އަރާފައިވާ ރުއް ގަހާއި، ރަށުގެ މީހުންއުޅޭ ސަރަހައްދުގެ ހުޅަނގުފަރާތުގެ ހޭޅި މަގު ގެ އުތުރު ކޮޅުގައި ރަށް

ހުރަހަށްއޮންނަ ޒިޔާރަތްމަގުން ފެށިގެން ދެކުނަށްގޮސް ބުއްދާގެމަގާއި ދެމެދު ހޭޅިމަގަށް އަރާފައިވާ ރުއްގަސް ކެނޑުމާއި ނެގުމަށް މި އިދާރާ އިން ގަސްދުކުރާ ކަމުގައި ދަންނަވަމެވެ.

އެހެންކަމުން އިސްވެދެންނެވުނު ދެ މަގުގައި ހުރި ރުއް ގަހުގެ ވެރިފަރާތްތަކުން އެ ރުއްގަސްތައް ކެނޑުމަށް ނުވަތަ ނަގައިގެން ގެންދަން ބޭނުންވާނަމަ، ނަގައިގެން ގެންދިއުމަށް

އަންގާ ހަނދާންކޮށްދެމެވެ. އަދި މިދެންނެވި ދެ މަގުގައި ހުރި ރުއް ގަސްތައް ކެނޑުމުގަޔާއި، ރުއްގަސް ނެގުމުގެ ކުރިން އެ ރުކަކީ ނުވަތަ ގަހަކީ އެމީހެއްގެ ރުކެއްކަން ނުވަތަ

ގަހެއްކަން އަންގައިދޭ ޝަރުޢީ ލިއުމެއް ނުވަތަ ޤާނޫނީ ފަރާތަކުން ނުވަތަ މީގެކުރިން ރަށު އޮފީހުން ހޯދާފައިވާ ނުވަތަ ދީފައިވާ ގޯތީންބޭރުގައި ރުއްގަސް އިންދުމުގެ ހުއްދައެއް

މި އިދާރާއަށް ހުށަހަޅަންވާނެއެވެ. މިފަދަ ލިއުންތައް ހުށަޅާފައިވާ ފަރާތްތަކުން އެ ރުއްގަސް ކަނޑައިގެން ގެންދަން ބޭނުންނުވާ ނަމަ އެ ރުއްގަހުގެ ބަދަލު ދިނުމަށް ސަރުކާރުން

ކަނޑައަޅާފައިވާ ޤަވައިދުގައި ހަމަޖެހިފައިވާ އުސޫލުން އެފަދަ ރުއްގަހަށް ބަދަލުދިނުމަށް މި އިދާރާއިން މަސައްކަތް ކުރާނެއެވެ. އަދި ދިރިއުޅުމަށް ސަރުކާރުންދޭ ގޯތިންބޭރުގައި

ރުއް ނުވަތަ ގަސް އިންދުމަށް އިސްވެދެންނެވުނު ފަދަ ތައްގަނޑު ޖެހި ލިއުމެއް ނުވަތަ ސްޓޭންޕް ޖެހި ލިއުމެއްނެތި ގޯތިންބޭރުގައި ހުންނަ ރުއްގަހުގެ ތެރެއިން ވެރިފަރާތުން

ބޭނުންކުރަމުންދާ ރުއްގަހަށް މިއިދާރާއިން ބަދަލު ނުދެވޭނެވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ. ބަދަލު ނުލިބޭތީ ނުވަތަ ކަނޑަން ބޭނުންވެގެން ކަނޑާނަމަ ތިރީގައި މިދަންނަވާ

ގޮތުގެމަތިން އެފަދަ ރުއްގަސް ކެނޑު މުގައި ނުވަތަ ކޮނެގެން ނެގުމުގައި އަމަލުކުރުމަށް އަންގާ އިޢުލާނުކޮށް ހަނދާންކޮށްދެމެވެ.

 

  1. ރުކެއް ނުވަތަ ގަހެއް ކަނޑާލާ ނަމަ ކަނޑަލަންވާނީ ބިމާއި ހަމައިން ނުވަތަ ކޮނެގެން ހަމަ ބިމައްވުރެ ތިރީންނެވެ.
  2. ރުކެއް ނުވަތަ ގަހެއް ކަނޑާލުމުގެ ސަބަބުން އެ ތަނުގައި އުފެދުނު ބޭނުންނުކުރެވޭ ތަކެއްޗާއި ކުނި އެތަނުންނަގައި  ރަށު ކައުންސިލުން ކަނޑައަޅާފައިވާ ކުނި ގޮނޑަށް އެ ކުނިތައް އުކާލުމަށް ފަހު އެތަން ރީތިކޮށް ސާފުކުރަންވާނެއެވެ.
  3. ރުކެއް ނުވަތަ ގަހެއް ކޮނެގެން ނެގުމުގެ ސަބަބުން އެތަނުގައި ހުންނަ ވަޅުގަނޑަށް ފަސްއަޅާ ހަމަކުރުމަށް ފަހު އެތަން ރީތިކުރަންވާނެއެވެ.
  4. މިދެންނެވުނު ކަންކަމާއި ޚިލާފަށް ރުއް ނުވަތަ ގަސް ކެނޑުމުގައި އަމަލު ކުރައްވާ ފަރާތްތަކާމެދު ޤާނޫނު ( ޤާނޫނު ނަންބަރު. 2010/7 ) ގެ 143 ވަނަ މާއްދާގައިވާ ގޮތުގެމަތީން ފިޔަވަޅުއަޅާ ތަންފީޒުކުރާނެ ވާހަކަވެސް އެފަދަ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

   އެހެންކަމުން މަތީގައި ދެންނެވިފައިވާ ދެ މަގުގައި ހުރި ރުއްގަހާމެދު މި އިޢުލާނުގައިވާ ގޮތުގެމަތީން 15 މޭ 2018 އިން ފެށިގެން 18 ޖޫން 2018 ވަނަ ދުވަހުގެ ނިޔަލަށް

އެތަކެތީގެ ވެރިފަރާތްތަކުން އަމަލުކުރުމަށް އަންގަމެވެ. އަދި މި އިޢުލާނުގައި ކަނޑައަޅާފައިވާ މުއްދަތުގެތެރޭގައި އެ ރުއްގަހަކާއިމެދު އިސްވެދެންނެވުނު ގޮތުގެމަތިން އަމަލުނުކޮށް ހުރި

ރުއްގަހަކީ ވެރިފަރާތެއް ނެތް ރުއްގަސްކަމުގައި ބަލާ އެތަކެތި ކަނޑާ ނީލަމުގައި ވިއްކާލާ ނުވަތަ ކެނޑުމަށް ފަހު ކުނީގެގޮތުގައި އުކާލެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

08 މޭ 2018
ހޯދާ