ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

                                                                             ނަންބަރ: (IUL)GS-01/2018/13

އިޢުލާން

ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

ބ. އަތޮޅުތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 މެއި 2018 ވާ އާދީއްތަ ދުވަހު މެންދުރުކުރި 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު

ސާފުކުރެއްވުމަށްފަހު 23 މެއި 2018 ވާ ބުދަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން

ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މައުލޫމާތު ސާފުކުރަން ވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައިވާ ގޮތުން އާމްދަނީ ހޯދުމަށް

މިފަދަމަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ގަވައިދުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު

ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

-  އެކަށީގެންވާ ފަރާތެއް ހޮވުމަށް ޕޮއިންޓްދޭނީ ތިރީގައި އެވާ އުސޫލުންނެވެ.

  • އަގަށް %95
  • ތަޖުރިބާއަށް %5

 

             07  މެއި  2018 

07 މޭ 2018
ހޯދާ