މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ރަމަޟާންމަހު މިނިސްޓްރީގެ ޚިދުމަތަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނައުން

އިޢްލާން

1439 ވަނަ އަހަރުގެ ރަމަޟާންމަހު މިނިސްޓްރީގެ ޚިދުމަތަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނައުން

1 ރަމަޟާން 1439 އިން ފެށިގެން 7 ޝައްވާލް 1439 އަށް މިމިނިސްޓްރީގެ ކައުންޓަރުންދޭ ޚިދުމަތްތަކަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނެސް، ތިރީގައިވާ ގޮތަށް އަމަލުކުރުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢްލާން ކުރީމެވެ.

  1. ޓޯކަން ނަންބަރު ދޫކުރާ ގަޑި: ހެނދުނު 10:00 އިން 11:30 އަށް.
  2. ޓޯކަން ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި: ހެނދުނު 10.00 އިން މެންދުރު 2:00 އަށް.

މިގޮތަށް ޚިދުމަތުގެ ގަޑިއަށް ބަދަލު ގެނެވުނުކަމުގައިވިޔަސް މިނިސްޓްރީގެ 'ކްލަޔަންޓް ޗަރޓަރ' އަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

06 މޭ 2018
ހޯދާ