މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރަންޖެހޭ ގަޑި

އިޢްލާން

 

ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރަންޖެހޭ ގަޑި

ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ކެއިންބުއިމުގެ ޚިދުމަތް ދިނުމަށް ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ އިރުއޮއްސުމާ މެންދަމު 3:00 އާ ދެމެދުއެވެ.

ވީމާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އާންމުކޮށް އަންގާ އިޢްލާންކުރީމެވެ.

06 މޭ 2018
ހޯދާ