މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
އިޢުލާން ބާތިލް ކޮށް އަލުން އިއުލާން ކުރުން

 މި އަހަރު ކުޑަކުދިންގެ ދުވަހު މި ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ފެންއަޅާ ފުޅި (ECO) ދިނުމަށް ހަމަޖެހިފައިވާތީވެ، މި ސްކޫލުން ދައްކާ ނަމޫނާ އަކާއި އެއްގޮތަށް ތައްޔާރުކޮށްދިނުމަށްފަހު މެއިމަހުގެ 10 ގެ ކުރިން ސްކޫލަށް އެތަކެތި ފޯރުކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 3 މެއި 2018 (ބުރާސްފަތި) ދުވަހު ކުރެވުނު MS/IUL/2018/001 ނަންބަރު އިއުލާނާއި ގުލިގެން އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރުމަށް އައިސްފައި ނުވާތީ މި އިޢުލާން ބާތިލް ކޮށް އަލުން މި ފުރުސަތު ހުޅުވާލަމެވެ.

           ވީމާ، މިކަންކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 މެއި 2018 (އާދީއްތަ) ދުވަހުގެ 10:30 ގެ ކުރިން ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 މެއި 2018 ގެ 12:00 ގެ ކުރިން އަގު ހުށައެޅުއްވުން އެދެމެވެ.ހުށައަޅާފައިވާ އަގުތައް ސްކޫލުން ކަނޑައަޅެފައިވާ ބަޖެޓަށްވުރެ އިތުރުވާނަމަ ކެންސަލްވާނެ ވާހަކަ ދަންނަވަމެވެ.އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ ސްކޫލްގެ ޕްރޮކިޔުމަންޓް/ބަޖެޓް ސެކްޝަނަށް ގުޅުއްވުން އެދެމެވެ.

06 މޭ 2018
ހޯދާ