ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

               ހަނިމާދޫ ކައުންސިލާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް (އެމް އެން ޑީ އެފް)  ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކޮމްޕިއުޓަރ ކޯސް ހިންގުމަށް ވަޑައި ގަންނަވާ 3 ބޭފުޅުންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 03 މެއި  2018 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 މެއި 2018 ވާ ބުދަ ދުވަހުގެ 11.30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެވެ.  ޕްރޮޕޯސަލް ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

               މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

26 އޭޕްރިލް 2018
ހޯދާ