މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓުކުރާނެ އެގްޒަމިނަރުން ހޯދުމާއި ބެހޭ

`

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ދުވާފަރު ، ދިވެހިރާއްޖެ

                                                  ނަންބަރު:   (IUL)304-MS/304/2018/15

އިޢުލާން

މި ކައުންސިލުން ދޫކުރާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓުކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ.

މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

ބޭނުންވާ ޢަދަދު : 02 ( ދޭއް )

ޝަރުޠު :

-         ދަށްވެގެން AA1 ގިންތީގެ ލައިސަންސް އޮތުން

-          ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއް

ކޮށްފައިވާ  މީހަކުކަމުގައި ނުވުން.

-          3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް

-          ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 3 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްހަތެއްގައި ހުރުން.

އުޖޫރަ :

- ޓެސްޓުކުރާ ކޮންމެ A,A1  ކެޓަގަރީގެ އުޅަނދަކަށް 15.00ރ (ފަނަރަ ރުފިޔާ).

- އެހެނިހެން ކެޓަގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް 25.00ރ (ފަންސަވީސް ރުފިޔާ).

ހުށަހަޅަންޖެހޭ ތަކެތި :

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް

-          ލައިސަންސްގެ ކޮޕީ

-          އެދޭ ފަރާތުގެ ވަނަވަރު

-          އެގްޒަމިނަރުކަމަށް ކުރިމަތިލާ ސިޓީ

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 05 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ވަނަވަރާއިއެކު ސިޓީއަކުން

މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

05 ރަޖަބު 1439

22 މާރިޗު 2018

22 މާރިޗު 2018
ހޯދާ