މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ދަފްތަރުކުރުމާއި ގުޅޭ

އިޢުލާން

 

 

ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ދަފްތަރުކުރުމާއި ގުޅޭ

 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ބަލަހައްޓަވަމުން ގެންދަވާ "ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދަފްތަރު"ގައި ރަޖިސްޓްރީކުރެއްވުމަށް ބޭނުންފުޅުވެލައްވާ ދަނޑުވެރިންނަށް އެފުރުޞަތު ފަހިކޮށްދިނުމުގެގޮތުން ރަޖިސްޓްރީކުރުމަށް ބޭނުންވާ ފޯމްދޫކުރުމާއި، ބަލައިގަތުމުގެ އިންތިޒާމް 2018 މާރޗް 25 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 އޭޕްރީލް 05 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިއިދާރާގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

މިދަފްތަރުގައި ރަޖިސްޓްރީކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ފޯމްދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.

‏05‏ ރަޖަބް‏ 1439

‏22‏ މާރޗް‏ 2018

22 މާރިޗު 2018
ހޯދާ