ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫރިސްޓުން ހެދުން އެޅުމާއި ބެހޭ

އިޢުލާނު

މީހުން ދިރިއުޅޭ ރަށްރަށް ޒިޔާރަތްކުރާ ޓޫރިސްޓުން، ގެސްޓްހައުސްހުރި ރަށުގެ ރަށުތެރެއަށް ނުކުމެ އުޅޭއިރު ނުވަތަ މީހުން އުޅޭ ރަށްރަށް ދާއިރު ހެދުން އަޅަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް، ދިވެހިރާއްޖޭގައި ޓޫރިސްޓު ގެސްޓްހައުސް ހިންގުމާއި ބެހޭ ޤަވާޢިދު (ޤަވާޢިދު ނަމްބަރު:12-R/2010) ގެ 1 ވަނަ އިޞްލާޙުގެ 19 ނަމްބަރުގެ       (ޅ) ގައި ވެއެވެ.

1.    ފިރިހެނަކު ނަމަ އެންމެ ކުޑަމިނުން ޓީޝާޓާއި ސޯޓުބުރި.

2.އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓް، ބްލައުޒް، ނުވަތަ ގަމީހާއި ސްކަރޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވަރުގެ ސޯޓުބުރި. (ގައި ފެންނަވަރުގެ ތުނިހެދުން ނުވަތަ މޭމަތީގައި އައްސާފައި ހުންނަ ފޮތިބުރި އެއީ އެކަށީގެންވާ ހެދުމެއްކަމުގައި ނުބެލެވޭނެއެވެ.)

ވުމާއެކު ނިލަންދޫއަށް އަންނަ ޓޫރިސްޓުން ރަށުތެރޭގައި އުޅޭއިރު ނުވަތަ ޢާއްމުކޮށް މީހުން ގޮސްއުޅޭ ތަންނަނަށް، ޓޫރިސްޓުން ގޮސް އުޅެންވާނީ މަތީގައި ދަންނަވާފައިވާ ގޮތަށް ހެދުން އަޅައިގެންނެވެ. 

ވީމާ، މިކަން ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ޢާއްމު ރައްޔިތުންގެ ސަމާލުކަމަށް ގެނައުމުގެގޮތުން ޢާއްމުކޮށް އިޢުލާނުކުރަމެވެ.

4 މާރިޗް 2018

                             މުޙައްމަދު ޖަލީލު

                       ފ. ނިލަންދޫ ކައުންސިލްގެ ރައީސް

04 މާރިޗު 2018
ހޯދާ