މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މާލޭ ސަރަހައްދުގައި ހިމެނޭ އެންމެހާ ޞިއްހީ ހިދުމަތްދޭ ތަންތަނުން ކުނި ނައްތާލުމާ ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ރައްކާތެރިކަމާ އެކު ކުނި ނައްތާލުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވައިގެން ކުރަމުން ގެންދާ މަސައްކަތެކެވެ. މިގޮތުން މާލޭ ހިމެނޭ ސަރަހައްދުގެ ކުނިނައްތާލުމާއި މެނޭޖްކުރުމުގެ އެންމެހާ ކަންތައްތައް ސަރުކާރުން މިހާރު ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފައެވެ. ވެމްކޯ ގެ ފަރާތުން ކުނިބުނި އުކާލުމުގެ ހިދުމަތްދެނީ  އެ ކުންފުނީގެ އުޞޫލު ތަކާއި އެއްގޮތަށް ރަޖިސްޓަރ ކޮށްފައިވާ ތަންތަނަށެވެ. ވީމާ މާލޭ ސަރަހައްދުގައި ހިމެނޭ އެންމެހާ ޞިއްހީ ހިދުމަތްދޭ ތަންތަނުން ކުނިބުނި ނައްތާލުމަށްޓަކާ ވެމްކޯގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. 

ޞިއްހީ ހިދުމަތްދޭތަންތަނުން އުފެދޭ ކުނިބުންޏަކީ އޭގެ ސަބަބުން ނުރައްކާތެރި ގިނަ ބަލިތަކެއް ފެތުރިދާނެ ތަކެއްޗެވެ. އެހެންކަމުން ޞިއްހީ ހިދުމަތްދޭ ތަންތަނުން ކުނިބުނި މެނޭޖްކުރަންޖެހޭނީ " މޯލްޑިވްސް ހެލްތު ކެއަރ ވޭސްޓް މެނޭޖްމަންޓް ގައިޑްލައިން" އާއި އެއްގޮތަށެވެ. އަދި ވެމްކޯ ގެ މުއައްޒަފުންނާއި ކުނިބުނި ހަވާލު ކުރަންވާނީ  އާއްމު ކުނިބުނި (ޖެނެރަލް ވޭސްޓް) އާއި  އޭގެ ސަބަބުން ބަލިތައް ފެތުރިދާނެ ކުނިބުނި ( ހެލްތު ކެއަރ ވޭސްޓް) އެގޭނެ ފަދަ ގޮތަކަށް ވަކިންނެވެ.  ވީމާ ޞިއްހީ ހިދުމަތްދޭ ތަންތަނުން ރައްކާތެރިކަމާއި އެކު ކުނިބުނި ނައްތާލުމުގައި ހާއްޞަ ސަމާލުކަމެއްދީ، ވެމްކޯ އަށް އެއްބާރުލުން ދެއްވުމަށް ދަންނަވަމެވެ.

3 ރަޖަބު 1439

20 މާރިޗު 2018
ހޯދާ