އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ޤާއިމުކުރެވޭ ނަރުދަމާގެ ނިޒާމަށް ގޭގޭގެ ފާޚާނާހޮޅި ގުޅުމާބެހޭ.

އިޢުލާން

 

ރަށުގައި ޤާއިމުކުރެވޭ ނަރުދަމާގެ ނިޒާމަށް ގޭގޭގެ ފާޚާނާހޮޅި ގުޅުމާބެހޭ.  

 

މިރަށުގައި ޤާއިމުކުރެވޭ ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ދަށުން، ގޭގޭގެ ޖަންކްޝަނަށް ހޮޅިގުޅައިދިނުމަށް ހަމަޖެހިފައިވަނީ ގޭގޭގެ ވެރިފަރާތުން އެކަމަށްއެދި ފޯމު ހުށަހެޅުއްވުމުންކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން ވަނީ އަންގަވާފަ އެވެ. މި ގޮތުން ހޮޅިގުޅުމުގެ ޚިދުމަތަށް އެދި ފޯމު ހުށަހެޅުއްވުމުގެ ފުރުޞަތު 2018 މާރިޗު 20 ވަނަ ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތަކަށް މިހާރުވަނީ ހުޅުވާލައްވާފަ އެވެ. ގޭގޭގެ ޖަންކްޝަނަށް ހޮޅިގުޅުއްވުމުގެ ޚިދުމަތަށް އެދޭފޯމު ލިބިލައްވާނީ ކޮންޓްރެކްޓަރުގެ ސައިޓުންނެވެ.

ހޮޅިގުޅައިދިނުމުގެ ޚިދުމަތަށް އެދޭ ފޯމު ހުށަހެޅުއްވުމަށް ހުޅުވާލައްވާފައިވާ މުއްދަތުގެ ތެރޭގައި ގޭގޭއަށް ޖަންކްޝަންހޮޅި ގުޅައިދެއްވާނީ މި ޕްރޮޖެކްޓްގެ ދަށުން ހިލޭ ކަމުގައްޔާއި އަދި މި މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތަކަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ، މިރަށުގައި ނަރުދަމާގެ ޚިދުމަތް ދިނުމަށް ކަނޑައަޅުއްވާފައިވާ ޔުޓިލިޓީ ކޮމްޕެނީން އެކަމަށް ކަނޑައަޅުއްވާ، ނެންގެމަށް ހަމަޖައްސަވާފައިވާ އަގެއްގެ ދަށުންކަމުގައިވެސް އެމިނިސްޓްރީންވަނީ އަންގަވާފައެވެ.

ވީމާ، މިރަށުގައި މިހާރު މަސައްކަތް ފަށާފައިވާ ނަރުދަމާގެ ނިޒާމަށް ގޭގޭގެ ފާޚާނާތަކުގެ ހޮޅި ގުޅުއްވަންއެދޭ  ފަރާތްތަކުން، އެންމެ ފަހުވަގުތަށް މަޑުނުކުރައްވާ ވީހާ އަވަހަކަށް، މަސައްކަތުގެ ކޮންޓްރެކްޓަރ ސައިޓުން ފޯމު ހޯއްދަވާ ފުރުއްވުމަށްފަހު ކޮންޓްރެކްޓަރ ސައިޓަށް ފޯމު ހުށަހެޅުއްވުމަށް ދަންވަމެވެ.

 

20 މާރިޗު 2018
ހޯދާ