މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސެކިޔުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/5780 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4624 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

3،500ރ - 5،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ސާނަވީ އިމްތިޙާނުން ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ފާސް ލިބިފައިވުން 

ނުވަތަ  

- މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މާލޭގެ ވިޔަފާރި ބަނދަރުގެ ގުދަންތަކާއި ޢިމާރާތްތަކާއި ކީވޯލްތައް އަދި އިކުއިޕްމެންޓްތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން.

- މާލޭގެ ވިޔަފާރި ބަނދަރުގެ ގޭޓް ތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމާއި އަންނަ ފަރާތްތަކާއި ނުކުންނަ ފަރާތްތައް ޗެކްކޮށް ސެކިޔުރިޓީ ބެލެހެއްޓުން.

- މުދާ ކްލިއަރކުރުމުގެ މަސައްކަތަށް ވަންނަ އުޅަނދުފަހަރުގެ ކީވޯލް ފޯމް ދޫކުރުމާއި ހަމަޖެހިފައިވާ ޤަވާއިދާއި އެއްގޮތަށް އެއުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުމާއި މަސައްކަތް ނިންމުން.

- ގަޑިއަކު އެއްފަހަރު ބަނދަރުތެރެ ޕެޓްރޯލްކޮށް ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއްހިންގާނަމަ އެފަދަ ކަންތައްތައް ހުއްޓުވުން. 

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު) 

މަސައްކަތް ކުރަންޖެހޭ ތަން :

ސޭފްޓީ އެންޑް ސެކިއުރިޓީ ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

 22 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދި ހުށަހަޅާ ފޯމު

ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ޕޮލިސް ރިކޯޑް ފޯރމް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

28 ޖުމާދަލްއާޙިރާ 1439

15 މާރިޗު 2018
ހޯދާ