މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމާބެހޭ

                                                      

ނަންބަރު: IUL)101-BR/1/2018/58)

 

 

އިޢްލާން

 

ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމާބެހޭ

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް، މިޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އާއި މިޤާނޫނުގެ ތާވަލްގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ އަހަރީފީ، ކޮންމެ އަހަރެއްގެ މާޗް މަސް ނިމުމުގެ ކުރިން ދައްކަންވާނެކަމަށް ބަޔާންކުރެއެވެ. މިގޮތުން، ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީ އަކީ -/2,000 ރުފިޔާ ކަމަށާއި ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީ އަކީ -/10,000 ރުފިޔާ ކަމަށް އިސްވެދެންނެވުނު މާއްދާފައި ބަޔާންކުރެއެވެ. އަދި މާޗް މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އޭޕްރިލް މަހުގެ ތެރޭގައި ފީ ބަލައި ގަނެވޭނީ -/1,000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށާއި، އޭޕްރިލް މަހުގެ ނިޔަލަށް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައި ގަނެވޭނީ -/2,500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށް ބަޔާންކުރެއެވެ.

ވީމާ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ދެއްކުމަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން މިވާހަކަ އާންމުކޮށް އިޢްލާންކުރީމެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިންނެވެ.

‏26‏ ޖުމާދަލްއާޚިރާ‏ 1439

‏13‏ މާރޗް‏ 2018

14 މާރިޗު 2018
ހޯދާ