އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ރ.އިފުރު އެއަރޕޯރޓުގައި ބޭނުންކުރާ ޖަނަރޭޓަރު ހިންގުމަށް ބޭނުންވާ ޑީސަލް ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

 މިކުންފުނީގެ ފަރާތުން ރ.އަތޮޅު އިފުރުގައި ހިންގާ އެއަރޕޯރޓުގައި ބޭނުންކުރާ ޖަނަރޭޓަރު ހިންގުމަށް ބޭނުންވާ ޑީސަލް ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 19 މާރިޗު 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 1 އޭޕްރިލް 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއޮފީހުގައި އޮންނާނެއެވެ.

 އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

12 މާރިޗު 2018
ހޯދާ