މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަތީތައުލީމުދޭ މަރުކަޒުތައް އޮޑިޓްކުރުމާއި ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ

ދިވެހިރާއްޖޭގައި މަތީތައުލީމުދޭ މަރުކަޒުތައް އޮޑިޓްކުރުމާއި ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ

 

ދިވެހިރާއްޖޭގައި މަތީތަޢުލީމުދޭ މަރުކަޒުތަކުގެ އެކެޑަމިކް އޮޑިޓްކޮށް އޮޑިޓް ރިޕޯޓް ތައްޔާރުކުރުމަށާއި، ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ މަސައްކަތްކުރުމަށް އެކުލަވައިލާ ޕެނެލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތްކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ވެބްސައިޓް www.mqa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު(އެޓޭޗްކޮށްފައި) ހަމަވާ ފަރާތްތަކުން 2018 އެޕްރީލު 30 ވާ ހޯމަދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / ހ.ވެލާނާގޭ (2 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް، ވަނަވަރު (ސީވީ) އާއެކު ސިޓީ ހުށަހެޅުން ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ. މިކަމަށް އެދޭ ފަރާތްތަކަށް މި އޮތޯރިޓީގެ ފަރާތުން އިތުރު ތަމްރީނު ދެވޭނެއެވެ. އަދި ކަނޑައެޅޭ އުސޫލެއްގެ ދަށުން އުޖޫރަ ދެވޭނެއެވެ.   

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341244 / 3341245 / 3341286  ފޯނަށް ގުޅުން އެދެމެވެ. 

 


23 ޖުމާދަލްއާޚިރާ 1439

11 މާރިޗު 2018

11 މާރިޗު 2018
ހޯދާ