މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ގްރެފިކްސް ޑިޒައިނަރގެ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާން

މަގާމް

ގްރެފިކްސް ޑިޒައިނަރ

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ މަހަކު

-/9،500ރުފިޔާ

އިތުރު އިނާޔަތް: ނިކުންނަ ކޮންމެ ދުވަހަކު -/50 ރުފިޔާ

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ  "އިސްލާމިކް ސްޓޫޑީއޯ"

މަގާމުގެ ޝަރުތު

  1. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާ ގްރެފިކްސް ތައްޔާރު ކޮށްދިނުމާއި ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާނޭ އުފެއްދުންތެރި ޚިޔާލުދިނުމާއި، މި މިނިސްޓްރީއިން ބޭނުންވާ ތަފާތު މެޓީރިއަލްސްގެ ޑިޒައިނިންގ ތައްޔާރުކޮށްދިނުން.
  2. މުންނާރު ޗެނަލުން އުފައްދާ ޓީވީ ޕްރޮގްރާމް ތަކަށް ބެނުންވާ ގްރެފިކްސް ތައްޔާރުކުރުން.
  3. މިނިސްޓްރީގެ ސޯޝަލް މީޑިއާ އަދި"ބްރޭންޑިންގ ސްޓޭންޑަޑް" ތަކަށް ބޭނުންވާ މިންގަޑުތައް ހަދައި އެ މިންގަނަޑުތައް ބެލެހެއްޓުން.
  4. މަތީގައި ދެންނެވިފައިވާ މަސައްކަތުގެ އިތުރުން ދާއިރާއާ ގުޅޭގޮތުން އޮފީހުން އަންގާ ކަންކަން ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމް / މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.

 

ސުންގަޑި

 

  • 2018 މާރޗް 13 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް             ( އިސްލާމީ މަރުކަޒު )

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232.3020287 އަށެވެ.
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

 

17 ޖުމާދަލްއާޚިރާ 1439

05 މާރިޗު 2018
ހޯދާ