އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
14,000 ޕްލާސްޓިކް ޕުލްޓައިޓް ސީލް، 10,000 ސެކިއުރިޓީ އުރަ، 1,000 ކޮރުގޭޓަޑް ޕްލާސްޓިކް ބޮކްސް އަދި 550 ހޭންޑް ހެލްޑްރީޗާރޖަބަލް ފްލަޑް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

  ނަންބަރ:A)AB-2018/16)

އިޢުލާނު

14,000 ޕްލާސްޓިކް ޕުލްޓައިޓް ސީލް، 10,000 ސެކިއުރިޓީ އުރަ، 1,000 ކޮރުގޭޓަޑް ޕްލާސްޓިކް ބޮކްސް އަދި 550 ހޭންޑް ހެލްޑްރީޗާރޖަބަލް ފްލަޑް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 14،000 ޕްލާސްޓިކް ޕުލްޓައިޓް ސީލް، 10,000 ސެކިއުރިޓީ އުރަ، 1,000 ކޮރުގޭޓަޑް ޕްލާސްޓިކް ބޮކްސް އަދި 550 ހޭންޑް ހެލްޑް ރީޗާރޖަބަލް ފްލަޑް ލައިޓް، 2018 އެޕްރީލް 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ ޢަދަދު

38/2018/G-001

14,000 ޕްލާސްޓިކް ޕުލްޓައިޓް ސީލް، 10,000 ސެކިއުރިޓީ އުރަ، 1,000 ކޮރުގޭޓަޑް ޕްލާސްޓިކް ބޮކްސް އަދި 550 ހޭންޑް ހެލްޑް ރީޗާރޖަބަލް ފްލަޑް ލައިޓް ސަޕްލައި ކުރުމުގެ މަސައްކަތް

-/15,000 ރުފިޔާ

  1. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.
  2. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2018 މާރިޗު 06 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 2018 މާރިޗު 08 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

12 ޖުމާދަލްއާޚިރާ 1439

28 ފެބުރުވަރީ 2018
ހޯދާ