މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާގެ އިމާރާތަށް އިތުރުކުރުމަށް ބޭނުންވާ ކޮންފަރެންސް ރޫމް، މެސް ރޫމް އަދި ގުދަން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

               ކައުންސިލް އިދާރާގެ އިމާރާތަށް އިތުރުކުރުމަށް ބޭނުންވާ ކޮންފަރެންސް ރޫމް، މެސް ރޫމް އަދި ގުދަން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

               މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 19 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިއުލާނަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތަކަށް މައުލޫމާތު ސާފުކުރެވޭނީ އެއްފަރާތައްކަމުގައި ދެންނެވީމެވެ.

               ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.           

               20 ޖުމާދަލްއޫލާ 1439

               06 ފެބްރުއަރީ 2018

 

06 ފެބުރުވަރީ 2018
ހޯދާ