އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީ މީހުން ހޯދުން

އިޢުލާން

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީ މީހުން ހޯދުން

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މި އަހަރުގެ ނިޔަލަށް މިރަށުގެ  3މިސްކިތުގައި މަސައްކަތް ކުރާނެ މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

އިމާމް / މުދިމު

ބޭނުންވާ ޢަދަދު:

3

މަސައްކަތު

3

އުޖޫރަ:

އިމާމަކު ނަމަ ކޮންމެ ނަމާދު ވަގުތަކަށް

56.00ރ

ދުވާލަކަށް 280.00ރ

މުދިމަކު ނަމަ ކޮންމެ ނަމާދު ވަގުތަކަށް

48.00ރ

ދުވާލަކަށް 240.00ރ

މަސައްކަތު މީހަކަށް މަސައްކަތްކުރާ ގަޑިއަކަށް

40.00ރ

ދުވާލަކަށް 200.00ރ

މަސައްކަތް ކުރަންޖެހޭ ޙާލަތްތައް

މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުން އެކިއެކި ސަބަބުތަކާ ގުޅިގެން މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކުގައެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

އިމާމު / މުދިމު:

ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިރަށު މިސްކިތްތަކުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

މަސައްކަތު:

މިކައުންސިލުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް މި ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި އިމާމު/މުދިމު އަންގާ ގޮތެއްގެ މަތިން މިސްކިތް ފޮޅާ ސާފުކުރުމާއި މިސްކިތާއި ގުޅޭ އެހެނިހެން މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ސާފުކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
         

 

 

 

                     ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2018 ޖެނުއަރީ 23 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފޯމް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

                     މިމަޤާމްތަކަށް ބޭނުންވާ ޢަދަދަށް ނުވަތަ އެއަށްވުރެ މަދުން ޝަރުޠުހަމަވާ މީހުން ކުރިމަތިލައިފިނަމަ އެ ފަރާތްތައް މި މަޤާމްތަކަށް ނެގޭނެއެވެ. އަދި ޢަދަދަށްވުރެ އިތުރަށް ޝަރުޠު ހަމަވާ މީހުން ކުރިމަތިލައިފިނަމަ އެންމެ ޤާބިލް ފަރާތްތައް ކަނޑައެޅުމަށް ބާއްވާ އިންޓަވިއު 2018 ޖެނުއަރީ 25 ވާ ބުރާސްފަތި ދުވަހު މިކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. މިމަޤާމްތަކަށް އެދި ހުށައަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

30 ރަބީޢުލްއާޚިރު 1439

17 ޖަނަވަރީ 2018

17 ޖަނަވަރީ 2018
ހޯދާ