ރ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރއެއް ބޭނުންވެއްޖެ

އިޤްތިޞާދީ ފުދުންތެރިކަން – އިޖްތިމާޢީ ހަމަޖެހުން

 

އިޢުލާން

ނަންބަރު: GS18 / I / 2018 / 13  

ވަޒީފާގެ ފުރުސަތު

ތާރީޙް: 17 ޖެނުއަރީ 2018

 

              މިސްކޫލްގެ އިޢުލާން ނަމްބަރ (  GS18/I/2018/12  ، 16 ޖެނުއަރީ 2018 ) ބާތިލުކޮށް އަލުން ސްކޫލް ހެލްތު އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާން ކުަރަމެވެ.

 

ސްކޫލް ހެލްތު އޮފިސަރ

މަޤާމް:

J-232874

މަޤާމުގެ ނަންބަރު:

1

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ.އެސް 4

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޓެކްނިކަލް  އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

އެކަޑެމިކް

ސެކްޝަން:

ރ. އަތޮޅު މަދަރުސާ

މަޤާމް އޮތް އޮފީސް:

ރ. އަތޮޅު މަދަރުސާ، ރ.ދުވާފަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5020.00ރ.

މުސާރަ:

2500.00ރ.

ސަރވިސް އެލެވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އިތުރު ޢިނާޔަތްތައް:

  • މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތައްޔާރުކޮށްފައިވާ "ސްކޫލް ހެލްތު ޕޮލިސީ އާއި ހެލްތު ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ" އަދި މިޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލްގެ "ހެލްތު ޕޮލިސީ" ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެމަތިން ތަންފީޒުކުރުން

 

  • ސްކޫލަކީ "ހެލްތު ޕްރޮމޯޓިންގ" ސްކޫލަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްކޫލުގެ ވެރިންގެ މަޝްވަރާ ހޯދައިގެން ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުރުން

 

  • މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތައްޔާރުކޮށްފައިވާ "ބަރާބަރު" ސްކޫލް އިންޑިކޭޓާސްގައި ހިމެނޭ ހެލްތު އެނޑް ސޭފްޓީ ޑައިމެންޝަން ސްކޫލުގައި ފުރިހަމަކުރުމަށް ސްކޫލްގެ ވެރިންނާ ގުޅިގެން މަސައްކަތްކުރުން

                                  

  •  ކޮންމެ އަހަރަކުވެސް ސްކޫލްގައި ހިންގާނެ ސްކޫލް ހެލްތު ހަރަކާތްތަކުގެ ޕްލޭން ސްކޫލުގެ ވެރިނާއި މުވައްޒަފުންނާ މަޝްވަރާކޮށްގެން އެކުލަވާލައި އަހަރީ ޕްލޭން ސްކޫލްގެ މުވައްޒަފުންނާ ބެލެނިވެރިންނައް ހިއްސާކޮށް ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކުރުން

 

  • ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން "ސްކޫލް ހެލްތު ޕްލޭން"ގެ ކޮޕީއެއް ދިރާސީ އަހަރު ފެށޭތާ 10 ދުވަހުގެތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކުޝަނަށް ފޮނުވުން

 

  • ސްކޫލްގެ ހެލްތު ރޫމްގެ ވަސީލަތްތަކާއި ފަސްޓް އެއިޑު ވަސީލަތްތަކުގެ އިންވެންޓުރީއެއް ތައްޔާރުކޮށް ބެލެހެއްޓުމާއި ހެލްތު ރޫމުން ދޭ ޚިދުމަތްތަށް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއްނެތި ދިނުން

 

  • ދަރިވަރުންގެ ހެދިބޮޑުވުން (ހައިޓު/ވެއިޓް) ބެލެހެއްޓުމާއި، ފަނީބޭސް/ވިޓަމިން އޭ ކެޕްސޫލް ދަރިވަރުންނަށްދީ އެޕްރޮގުރާމް ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން

 

  • ސްކޫލްގައި ތަޢުލީމްޙާސިލް ކުރަމުންދާ "ވަލްނަރަބަލް" ކުދިންގެ ޞިއްޙީ ހާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސްޓީޗަރާއި ސްކޫލްގެ ވެރިންގެ މަޝްވަރާއާއެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މައުލޫމާތު ބެލެހެއްޓުން

 

  • ސްކޫލުން ރާވައިގެން ސްކޫލުން ބޭރުގައި ހިންގާ ހަރަކާތްތަކުގައި ދަރިވަރުންނަށް ފަސްޓް އެއިޑުގެ ޚިދުމަތް ފޯރުކޮށްދިނުމާއި މިކަމުގެ އިންތިޒާމް ހަމަޖެއްސުމާއި، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލުގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން

 

  • މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ތާރީޚަކަށް، ކަންޑައަޅާ ގުރޭޑެއްގެ ނުވަތަ ގުރޭޑުތަކެއްގެ މެޑިކަލް ސްކްރީނިންގ ސްކޫލުގެ ވެރިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމާގުޅޭ ފަރާތްތަކާ (ހޮސްޕިޓަލް/ ސިއްޙީ މަރުކަޒު) ގުޅިގެން ނިންމައި ކޮންމެ އަހަރެއްގެވެސް 20 އެޕްރީލުގެ ކުރިން ރިޕޯޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކުޝަނަށް ފޮނުވުން

 

  • ސްކޫލުގައި ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ޞިއްޙީ މައްސަލައެއް ދިމާވެއްޖެނަމަ އެދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަށް ޞިއްޙީ ފަރުވާދިނުމާއި، ސްކޫލުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން މިކަމާގުޅޭ އެންމެހާކަންތައް ތަކުގެ ރިޕޯޓާއި ރިކޯޑު ބެލެހެއްޓުން

 

  • ސްކޫލް ދަރިވަރުންގެ ޞިއްޙީ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެއުކަން ތަރައްގީކުރުމަށް ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ހެލްތު އެޑިޔުކެޝަން ޕްރޮގުރާމްތައް ރާވައި ހިންގައި ބެލެހެއްޓުން

 

  • ސްކޫލްގެ ޓީޗަރުންނާއި ސްކޫލްގެ މަތީ ގުރޭޑުތަކުގެ ދަރިވަރުންނަށް ފަސްޓް އެއިޑު ޓްރޭނިންގ ހިންގައި މައުލޫމާތު ބެލެހެއްޓުން ނުވަތަ ދިވެހި ރެޑުކުރެސެންޓް ނުވަތަ ފެކަލްޓީ އޮފް ހެލްތު ސައިންސަސް ފަދަ ފަރާތްތަކާ ގުޅިގެން މިފަދަ ތަމްރީންގައި ބައިވެރި ކުރުވޭނެ އިންތިޒާމް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެމަތިން ފަހިކޮށްދިނުން

 

  • ސްކޫލުން ދަރިވަރުންނަށް ފޯރުކޮށްދޭ ފެނަކީ ޞިއްޙީގޮތުން ރައްކާތެރި ފެންތޯ ކަށަވަރުކުރުމާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް ޞިއްޙީ މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ސްކޫލުގައި ދައިވަރުން ކިޔަވާ ދުވަސްތަކުގައި ދުވާލަކު އެއްފަހަރު ސްކޫލުގެ ދަތިވަރުން ބޭނުންކުރާ ފާޚާނާތަކުގެ ހާލަތުބަލައި ސާފުތާހިރުކަން ކަށަވަރުކުރުން 

 

  • ދަރިވަރުންގެ ފާޚާނާތައް ދުވަހުން  ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުން، މިގޮތުން ފާޚާނާތަކުގެ އެއްވެސް އެއްޗެއް ހަލާކުވެފައިވާނަމަ އަދި ސާފުތާހިރުކަން ކުޑަކަމަށް ފާހަގަކުރެވޭނަމަ އެކަމެއް ސްކޫލުގެ އެޑިމިނިސްޓްރޭޓަރުގެ ސަމާލުކަމަށް ގެނައުން

 

  • ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެއްވެސް ދަރިވަރަކަށް ޤަވަޢިދުން ދޭންޖެހޭ ބޭހެއް ހުރިތޯކަށަވަރުކޮށް އެފަދަ ދަރިވަރުންނަށް އެބޭހެއް ބެލެނިވެރިޔާގެ ބެލުމުގެދަށުން އެބޭސް ދޭންޖެހޭގަޑީގައި އެބޭސް ދެވޭނެ އިންތިޒާމް ހަމަޖައްސަދިނުން

 

  • ގަވާއިދުން ވަކިގަޑިއަށް ދަރިވަރަށް ދޭންޖެހޭ ބޭސް ސްކޫލުގެ ފަރާތުން އެދަރިވަރަށް ދިނުމުގެ އިންތިޒާމް ހަމަޖައްސަދިނުމަށް ބެލެނިވެރިޔާ ސްކޫލްގައި އެދިއްޖެނަމަ ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ލިޔެކިޔުމުން މިކަން ހަމަޖައްސައި، އެބޭހުގެ ޕްރިސްކްރިޕްޝަން  ބެލެނިވެރިޔާގެ ފަރާތުން ހޯދައި، އެފަދަ ބޭސް ދެވޭނެ އިންތިޒާމު ހަމަޖެއްސުން

 

  • ސްކޫލްގައި ކެންޓީނެއް ހިންގާނަމަ އެކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކުޝަނަށް އެންގުމާއި އެކެންޓީނަކީ ސަރުކާރުގެ ކަމާގުޅޭ މުއައްސަސާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްތޯ ކަށަވަރުމާއި، ކެންޓީނުން ލިބެންހުންނަ ކާނާއަކީ ޞިއްހީ ގޮތުން ރަނގަޅު އަދި ރައްކާތެރި ކާނާތޯ ކަށަވަރުކުރުން

 

  • ސައިންސް މާއްދާ ކިވަދޭ ސްކޫލެއްނަމަ އަދި ތަމްރީންލިބިފައިވާ ލެބު އެސިސްޓެންޓުންނެތްނަމަ، އެސްކޫލެއްގައި ބޭނުންކުރާ ކެމިކަލްތަކުގެ ރައްތާކާތެރިކަން ކަށަވަރުން އަދި ލެބޯރަޓުރީ ހުރިނަމަ ލެބޯރަޓްރީގެ ރައްކާތެރިކަން ކަށަވަރުކޮށް  ސްކޫލްގެ ވެރިންނަށް ހުށަހެޅުން

 

  • ސްކޫލްގެ މާޙައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާޙައުލެއްތޯ ބަލައި ކަށަވަރުކޮށް ސްކޫލްގެ ވެރިންނަށް ހުށަހެޅުން

 

  • ކޮންމެ އަހަރަކު ސްކޫލްގައި ހިންގާ ސްކޫލް ހެލްތު ހަރަކާތްތަކާއި ޕްރޮގުރާމްތަކުގެ ރިޕޯޓުތައްޔާރުކޮށް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކުޝަނަށް ފޮނުވުން

 

  • ސްކޫލުގެ ރަސްމީ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ސްކޫލުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ނުވަތަ

  1. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން ' ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން ' ސީ' ގްރޭޑް ލިބިފައިިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

  • ·         ހެލްތު ދާއިރާ

 

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

މަޤާމާއި ގުޅޭ ދާއިރާތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި،ތަމްރީނަށްބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު ރ.އަތޮޅު މަދަރުސާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، ރ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 6582706 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  29 ޖެނުއަރީ 2018 ގައި ރ.އަތޮޅު މަދަރުސާގެ މީޓިންގް ރޫމް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

30% (އިންސައްތަ )

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6582705 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6582706 އެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

  30 ރަބީއުލް އާޙިރު 1439

17 ޖެނުއަރީ 2018

17 ޖަނަވަރީ 2018
ހޯދާ