ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
2018 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ ބެހޭ

އިޢުލާން

 

2018 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

1-        1 މެއި 2016 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

  • މިގޮތުން ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގް، ކޮމާރސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި މެތަމެޓިކްސް.
  • ސައިންސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތަމެޓިކްސް.
  • އާރޓްސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ހިސްޓްރީ އާއި ޖޯގްރަފީ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.

 

2-        އަޚްލާޤް ރަނގަޅު ކުއްޖެއް ކަމުގައިވުން. ކުދީން ވެއްދުމުގައި ބަލާނީ  ސްކޫލް ލީވިންގ ސެޓްފިކެޓްގައިވާ ދަރިވަރުގެ އަޚްލާގާ ބެހޭ ބައިގައިވާ މަޢުލޫމަތަށާއި، މިސެންޓަރުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހޯދޭ އަޚްލާޤީ ރިޕޯޓުތަކުގެ މައްޗަށެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 އަށް 19 އަހަރު ފުރިފައިނުވުން.

3-        ކައިވެންޏެއް ކޮށްފައިނުވުން.

4-        މީގެ ކުރިން މަތީ ޘާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ނުވުން.

މިސެންޓަރުން މިއަހަރު ޖާގަދެވޭނީ50 5 ދަރިވަރުންނަށެވެ. މިއަދަދަށްވުރެ އިތުރަށް ޝަރުޠު ފުރިހަމަވާ ކުދިން ވަންނަން އެދި ފޯރމް ހުށަހަޅާފައިވާނަމަ، ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަން ދެވޭނެއެވެ. މިނަތީޖާ ކަނޑައެޅުމުގައި ބެލެވޭނީ ތިރީގައިމިވާ މިންގަނޑަށެވެ. އެއީ ކޮންމެ "އޭ*" ގްރޭޑަކަށް 15 ޕޮއިންޓް، "އޭ" ގްރޭޑަކަށް 12 ޕޮއިންޓް، "ބީ" ގްރޭޑަކަށް 9 ޕޮއިންޓް އަދި "ސީ" ގްރޭޑަކަށް 7 ޕޮއިންޓް ބޭނުންކޮށްގެން ދިވެހި، އިސްލާމް، އިގިރޭސި، ހިސާބު އަދި އެންމެ މަތިން ފާސްވެފައިވާ އިތުރު 4 މާއްދާ ހިމަނައިގެން ޖުމްލަ 8 މާއްދާއަށް ލިބޭ ސްކޯރއަށް ބަލައިގެންނެވެ. 

2018 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް އެދޭ ފޯރމް ދޫކުރާނީ 7 ޖެނުއަރީ 2018 އިން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9.00 ން 15.00 އަށެވެ. މިމުއްދަތުގައި  އެޕްލިކޭޝަން ފޯމް މިސެންޓަރުގެ ރިސެޕްޝަންއިން ލިބެން އަދި ވެބްސައިޓުން (www.chse.edu.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ފޯރމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1)     ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ އެޓެސްޓެޑް ކޮޕީ.

2)     ސްކޫލް ލީވިންގް ސެޓްފިކެޓްގެ އެޓެސްޓެޑް ކޮޕީ.

3)     ނޭޝަނަލް އައިޑީ ކާޑުގެ ކޮޕީ.

 

އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 25 ޖެނުއަރީ 2018 ގެ 15.00 ގެ ނިޔަލަށެވެ.

 

ރީޗެކްގެ ކުރިން ޝަރުޠު ފުރިހަމަނުވާ ނަމަވެސް ރީޗެކަށްފަހު ޝަރުޠު ފުރިހަމަވާނެކަމަށް ލަފާކުރެވޭ ކުއްޖެއްނަމަ25  ޖެނުއަރީ 2018 ގެކުރިން މިސެންޓަރަށް ވަނުމަށް އެދޭ ފޯރމާއި އެކު ރީޗެކަށް ހުށަހަޅާކަން ސިޓީއަކުން އަންގަން ވާނެއެވެ. މިގޮތަށް ވަނުމަށް އެދި ހުށަހަޅައިފައިވާ ކުދީންގެ ރީޗެކް ނަތީޖާ ލިބުމުން ޝަރުތު ފުރިހަމަވާނަމަ، ރީޗެކްގެ ނަތީޖާ ދޫކުރަންފަށާ ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި މިސެންޓަރަށް އެނަތީޖާ ހުށަހަޅަން ވާނެއެވެ.

2018 ގައި މިސެންޓަރަށް ވަދެވޭ ދަރިވަރުންގެ ލިސްޓް 28 ޖެނުއަރީ 2018 ގައި މިސެންޓަރުގެ ބޭރު ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. އަލަށް ވަދެވޭކުދިން ގެ ރެޖިސްޓްރޭޝަން ޖެނުއަރީ 2018 ގެ 28 އަދި 29 ގައި އޮންނާނެއެވެ. އަދި މިކުދިންނަށް ސްކޫލް ކިޔަވަންފެށުމަށް ހަމަޖެހިފައިވަނީ 4 ފެބްރުއަރީ 2018 ގައެވެ.

29 ރަބީޢުލްއާޚިރާ  1439

16  ޖެނުއަރީ    2018 

16 ޖަނަވަރީ 2018
ހޯދާ