މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު) ދަށުން ހަދަންޖެހޭ ބައެއް ޤަވާޢިދުތަކާއި އުސޫލުތައް އެކުލަވައިލުމަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު) ދަށުން ހަދަންޖެހޭ ބައެއް ޤަވާޢިދުތަކާއި އުސޫލުތައް އެކުލަވައިލުމަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

23 ރަބީއުލްއާޚިރު 1439   

10 ޖަނަވަރީ 2018
ހޯދާ