ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ފާޚާނާތައް މަރާމާތު ކުރުމާބެހޭ

ހަނިމާދޫ ސްކޫލް           

  ހދ. ހަނިމާދޫ، ދިވެހިރާއްޖެ                         

                                                              

ނަންބަރ: GS60(B)/2018/006

އިޢުލާނު

 

ފާޚާނާތައް މަރާމާތު ކުރުމަށް ބޭނުންވެއްޖެ

              

           މި ސްކޫލް ގެެ ފާޚާނާތައް، އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރGS60(B)/2017/043  އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

           ވީމާ، މިކަން ކޮށްދެއްވުމަށް ޝަޢުޤް ވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކޮށް އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.  

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

09 ޖެނުއަރީ 2018

10:00 ހެނދުނު

ހަނިމާދޫ ސްކޫލް އޮފީސް

އަންދާސީ ހިސާބު ހުށައެޅުން

11 ޖެނުއަރީ 2018

10:00 ހެނދުނު

            މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.                        

            07 ޖެނުއަރީ 2018    

07 ޖަނަވަރީ 2018
ހޯދާ