ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްދޫ ކައުންސިލުން އެކުލަވާލާފައިވާ 2 އުސޫލެއްގެ ޑްރާފްޓަށް ރައްޔިތުންގެ ޚިޔާލު ހޯދުން

މި ކައުންސިލުން "މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާއި، އެކިއެކި ޖަލްސާތައް އަދި އެ ނޫން ބޭނުންތަކަށް ހއ ދިއްދޫގެ ސްޓޭޖްތައް ކުއްޔަށް ދޫކުރުމުގެ އުސޫލު 2018" ގެ ނަމުގައާއި، "ހއ ދިއްދޫގެ މަގުތަކުގައި އެކިއެކި މަސައްކަތްތައްކުރުމާއި، ޙަރަކާތްތައް ހިންގުމާއި، ވަގުތީ ގޮތުން މަގު ބަންދުކުރުމާ ބެހޭ އުސޫލު 2018" ގެ ނަމުގައި 2 އުސޫލެއްގެ ޑްރާފްޓް މިހާރު ވާނީ އެކުލަވާފައެވެ. އަދި މި 2 އުސޫލު ފާސްކޮށް، ގެޒެޓްގައި ޝާއިޢުކޮށް، ޢަމަލުކުރަން ފެށުމުގެ ކުރިން، އެ 2 އުސޫލުގެ ޑްރާފްޓް ރައްޔިތުންނާ ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް މި ކައުންސިލުން ބޭނުންވެެއެވެ.

 

ވީމާ، މި ކަމަށްޓަކައި ޚާއްޞަ ރައްޔިތުންގެ ބައްދަވުމެއް 04 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި ދިއްދޫ ކައުންސިލްގެ އިދާރާގެ ކުރިމަތީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަށް ދިއްދޫގެ ހުރިހާ ރައްޔިތުންނާއި، ދިއްދޫގައި ދިރިއުޅުއްވާ އެންމެހާ ބޭފުޅުންނަށް ދަޢުވަތު އަރުވަމެވެ. އަދި މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދިއްދޫ ކައުންސިލަށް އަބަދުވެސް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ.  

 

16 ރަބީއުލްއާހިރު 1439

03 ޖަނަވަރީ 2018

03 ޖަނަވަރީ 2018
ހޯދާ