ދާންދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމް:                               އެސިސްޓެންޓް ލައިބްރޭރިއަން

ބޭނުންވާ އަދަދު:                           1

މަޤާމުގެ ގިންތި:                         ވަގުތީ

މަޤާމުގެ ރޭންކް:                         ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:                    އޮފިސަރ ގްރޭޑް 1

ވަޒީފާއޮތް އޮފީސް:                          ދާންދޫ ސްކޫލް

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :             އެކަޑަމިކް ސެކްޝަން، ދާންދޫ ސްކޫލް

މުސާރަ:                              -/4465 ރުފިޔާ

ސަރވިސް އެލަވަންސް:                     -/1500 ރުފިޔާ     

އިތުރު ޢިނާޔަތްތައް:

 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.1

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.2

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.3

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 

  1. ލައިބްރަރީގެ "ރޫލްސް" ތައްޔާރުކޮށް ދަރިވަރުންނާއި ޓީޗަރުން އަދި ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފެންނާނެހެން ބަހައްޓައި، އެއައް އަހުލުވެރިކުރުވުމާއި، ލައިބްރަރީ އިން ފޮތްދޫކޮށް ބަލައިގަތުމާއި، އޭގެ ރެކޯރޑް ދުވަހުން ދުވަހަށް ބެލެހެއްޓުން.
  2. ސްކޫލްގަ ކިޔެވުން އޮންނަ ދުވަސްތަކުގައި ލައިބްރަރީ ހުޅުވާފައި ބެހެއްޓުމާއި، ސްކޫލުން ޙަވާލުކުރާ ޝެޑިއުލާއި އެއްގޮތަށް ލައިބްރަރީ ކްލާސްތައް ނެގުމުގައި ޓީޗަރުންނަށް އެހީތެރިވެ އެކަމަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުން.

 

  1. ލައިބްރަރީ ފޮތްތަކުގައި ބޭރުގަނޑު ލައި، ތަރުތީބުނަމްބަރާއި ތައްގަނޑުޖަހައި، ލޭބަލްކޮށް ލައިބްރަރީ ފޮތްތައް ގްރޫޕްކޮށް ފިކްޝަން، ނޮންފިކްޝަން އަދި ރިފަރެންސް ފޮތްތައް އެނގޭނެހެން އަތުރައި ތަރުތީބުކޮށް ބެލެހެއްޓުމާއި، ލައިބްރަރީއިން ފޮތް ދޫކޮށް ބަލައިގަންނާނެ އުޞޫލެއް ތައްޔާރުކޮށް، އެއާ އެއްގޮތަށް ދަރިވަރުންނާއި، ޓީޗަރުންނަށް ލައިބްރަރީގެ ޚިދުމަތް ދިނުން އިންތިޒާމްކުރުން
  2. ލައިބްރަރީ އަކީ ތަރުތީބު އަދި ސާފުތާހިރު ތަނަކަށް ހެދުމާއި، ކޮންމެ ދުވަހަކު ލައިބްރަރީ ފޮތްތައް ތަރުތީބުކުރުމާއި މަސައްކަތުމީހުންގެ އެހީތެރިކަމާއި އެކު ލައިބްރަރީގެ ފޮތްހަރުގަނޑުތަކާއި، ތަޅުންގަނޑުގައި ފެންފޮތިލައި، ދޮރުތަކާއި ދޮރުފަތްތައް  ފޮޅާ ސާފުކޮށް ބެލެހެއްޓުން
  3. ދަރިވަރުންގެ މެދުގައި ފޮތްކިޔުމަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި ދަރިވަރުން ފޮތްކިޔަން އަޙުލުވެރިކުރުވުމަށްޓަކައި، އެކަޑަމިކް ސްޓާފުންނާއި ގުޅިގެން ރީޑިންގ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ އެންމެ ފަހުގެ ފޮތްތައް (ދަރިވަރުންގެ ކިޔެވުމާއި ގުޅުންހުރި އެކިލެވެލްތަކުގެ ފޮތްތަކާއި ރިފަރެންސް ފޮތްތައް) ދެނެގަނެ، އެ ފޮތްތައް މެނޭޖަންޓަށް ހުށަހަޅައިގެން ހޯދުން
  4. ޒަމާނީ މިންގަނޑުތަކަށް ލައިބްރަރީގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާއި ސްކޫލުގެ ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދާ ފޮތްތަކާއި ތަކެތި ބަލައިގަނެ، އެންޓްރިކޮށް އިންވެންޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން
  5. ދުވަހުން ދުވަހަށް ހިންގޭ ލައިބްރަރީ ހަރަކާތްތަކާއި ދުވަހުން ދުވަހަށް ލައިބްރަރީ ބޭނުންކުރެވޭ ގޮތުގެ ޔައުމިއްޔާލިޔެ، ލައިބްރަރީ ރިޕޯރޓް ތައްޔާރުކޮށް ކޮންމެ ޓާރމަކު އެއްފަހަރު ސްކޫލުގެ އިސްވެރިޔާއަށް ހުށަހެޅުން
  6.  ކޮންމެ ދިރާސީ އަހަރަކަށް ދަރިވަރުންނަށް ހޯދާ ޓެކްސްޓް ފޮތްތައް ބަލައިގަނެ، ފޮތް ދޫކުރާ ކޮމެޓީގެ ބެއްލެވުމުގެ ދަށުން ދަރިވަރުންނަށް ފޮތްދޫކުރުމާއި، ދިރާސީ އަހަރު ނިމުމުން އެ ފޮތްތައް އަނބުރާ އަތުލައި ރެކޯރޑްކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން އަދި ޓީޗަރުންނަށް ބޭނުންވާނެ ޓެކްސްޓް ފޮތަތަކާއި،ރިފަރެންސް ފޮތްތައް ކޮންމެ އަހަރެއް ފެށޭއިރު ދޫކުރުމާއި،  އަހަރުނިމުމުން އެ ފޮތްތައް އަނބުރާހޯދުން
  7. ސްކޫލުގައި ބާއްވާ އެކިބައްދަލުވުންތަކާއި، ފާހަގަކުރާ އެކި މުނާސަބަތުތަކަށާއި ލިސްނިންގ ކްލާސްތަކަށާއި ލިސްނިންގް ޓެސްޓްތަކަށް ބޭނުންވާނެ ސައުންޑްހެދުމާ،އެފަދަ ކަންތައް ބާއްވާނެ ތަންތަން ތައްޔާރުކުރުމަށް ބޭނުންވާނެ އިންތިޒާމުތައް ކުރުން އަދި   އެސެމްބްލީގަޑީގައި ސައުންޑާއި ސްކޫލް ލަވަ އަދި ބެލް ޖެހޭނެ އިންތިޒާމް ހަމަޖެއްސުން

 

  1. 10.  ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ދިމާވާ ކުއްލި ކަންތައްތަކުގައި ބައިވެރިވުމާއި، ތިމާއަށް ލިބިފައިވާ އެކިހުނަރުތަކުގެ ބޭނުން ސްކޫލަށްޖެހިއްޖެ ހިނދެއްގައި އެކަމެއްގައި ސްކޫލަށް އެހީތެރިކަންދީ، ސްކޫލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން

މަޤާމުގެޝަރުތުތައް:  

 އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2 . ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން..

        

 

           

މަޤާމުގެ ދާއިރާ

ލައިބްރޭރިއާއި ގުޅޭ ދާއިރާ

ކިޔަވައިދިނުމުގެ ދާއިރާ

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

  • ޙާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރިކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުގޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕޮރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓު ތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސްއިން ބޭރުވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

ވަޒީފާއަށް އެދޭ ފޯމު ދާންދޫ ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖެނުއަރީ 10  ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ދާންދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، ([email protected]) އެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

-          މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޖެނުއަރީ 11  ގައި  ދާންދޫ ސްކޫލްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

 މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  % 30 (ތިރީސް) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983075 ނަންބަރ ފޯނާއެވެ. އީމެއިލް ކުރާނީ  [email protected]  އަށެވެ.

 

10 ރަބިޢުލްއާޚިރް  1439

2 ޖެނުއަރީ 2018

02 ޖަނަވަރީ 2018
ހޯދާ