ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރީސްކޫލް ސްޓޭޝަނަރީ ހޯދުމާބެހޭ

މި އިޢުލާންވަނީ 27 ޑިސެންބަރު 2017 13:59 ގައި ބާތިލް ކުރެވިފައެވެ.


        މި މަރުކަޒުގެ ޕްރީސްކޫލް ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ: (IUL)GS-02/GS-02/2017/39 އާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައި ވަނީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް އިޢުލާން ކުރީމެވެ.

          ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖަނަވަރީ 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

         އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

                މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528817 ނަންބަރު ފޯނަށެވެ.

27 ޑިސެންބަރު 2017
ހޯދާ