މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންޓާންޝިޕް ފުރުޞަތު

ދަނޑުވެރިކަމުގެ މަސައްކަތުން ދަނޑުވެރިންނަށް ލިބޭ މަންފާ އިތުރުކޮށްދިނުމަށްޓަކައި ދަނޑުވެރިންގެ މައުލޫމާތާއި ހުނަރު އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް މިމިނިސްޓްރީން ދަނީ ހިންގަމުންނެވެ. މިޕްރޮގްރާމްތަކުގެ ތެރެއިން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އަމަލީ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު އިތުރުކުރުމާއި އަމަލީ ތަޖުރިބާ ޙާޞިލް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 1 ފެބްރުއަރީ 2018 އިން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހުޅުވާލެވޭ މިފުރުޞަތުގައި މިއަހަރު 6 ދަނޑުވެރިއަކަށް ފުރުޞަތު ދިނުމަށްވަނީ ނިންމާފައެވެ. މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި މަހަކު 2,000.00 ރުފިޔާގެ އެލަވަންސެއް 6 މަސްދުވަހުގެ މުއްދަތަށް މިމިނިސްޓްރީން ހަމަޖައްސާދެވޭނެއެވެ.

 

 

 

ޝަރުތު:

- އަސާސީތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުން

- އަމަލީ މައިދާނުގައި މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި ބޭފުޅަކަށްވުން

- 6 މަސްދުވަހުގެ މުއްދަތަށް ރަށުން ބޭރުގައި ހޭދަކުރެވޭނެ ބޭފުޅަކަށްވުން

- ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށްގޮސް ރަށުގެ ދަނޑުވެރިންނަށް ނަމޫނާ ދެއްކުން

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

 

25 ޑިސެންބަރު 2017
ހޯދާ