މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު އުތުރުފަރާތު ބަނދަރުގެ އިރުމަތީފަޅި ސާފުކުރުން

އިޢުލާން

ރ.މާކުރަތު އުތުރުފަރާތު ބަނދަރުގެ އިރުމަތީފަޅި ސާފުކުރުން

ރ. މާކުރަތު އުތުރުފަރާތު ބަނދަރު ސަރަޙައްދާއި ބަނދަރުގެ އިރުމަތީ ތޮށިން ފެށީގެން އިރަށް ދިލްސާދުގެ(ރަތްކަނދޮޅުގެ އިރުމަތިން އިންވެގެން އޮތް ގޯތި)ގެ އިރުމަތީ ހަމައަށް ހިމެނޭ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިކައުންސިލުން ކުރިޔަށް ގެންދާ ވާހަކަ ދެންނެވީމެވެ. މިދެންނެވި ސަރަޙައްދުގެ ތެރޭގައި ގިނަ އަދަދެއްގެ ލަކުޑިއާއި ދަރު އުނބު އަދި އެހެން ބާވަތްތަކުގެ ތަކެތި ގިނަ އަދަދަކަށް ހުރުމާއެކު މިތަކެތި ހުރުމުގެ ސަބަބުން މިސަރަޙައްދުވަނީ ވަރަށްބޮޑަށް ހަޑިވެ ނުތާހިރު ވެފައެވެ. އަދި މިތަކެއްޗަކީ މިކައުންސިލުން އެއްވެސް ހުއްދައެއް ނެގުމެއްނެތި ބެހެއްޓިފައިވާ ތަކެތިކަމުގައިވެސް ދެންނެވީމެވެ. މިހެން ކަމުން މިތަކެތީގެ ވެރިފަރާތެއްވާނަމަ މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި، 25 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ ކުރިން އެތަކެތި ނަގާ ބިން ސާފުކުރެއްވުން އެދެމެވެ. މިމުއްދަތު ހަމަވާއިރު ނުނަގާ ހުންނަ ތަކެއްޗަކީ ވެރިޔަކު ނެތި ދޫކޮށްލެވިފައިވާ ތަކެތީގެ ގޮތުގައި ބަލާ މިކައުންސިލުގެ ފަރާތުން އެތަކެތި ނަގާ ސާފުކުރުމުގެ މަސައްކަތް ކުރާނެ ވާހަކަ ދެންނެވީމެވެ. އަދި މިތަކެތި ނެގުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ދެންނެވީމެވެ. އަދި ބަނދަރު ސަރަޙައްދާއި އާންމު ބިންތައް ސާފުތާހިރުކޮށް ބޭއްވުމަށް ކުރެވޭ މަސައްކަތްތަކުގައި ތިޔަ އެންމެހާ ފަރާތްތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ޑިސެންބަރު 2017
ހޯދާ