މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް އިންތިޒާމުކުރުމަށް ކޮންސަލްޓެންޓެއް ހޯދުމަށް

އިއުލާން

މި މިނިސްޓްރީއިން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް އިންތިޒާމުކުރުމާއި މިފަދަ ފޯރަމްތަކުގައި ބައިވެރިވުމުގެ މަސައްކަތް ކޮށްދޭނެ އިންވެސްޓްމަންޓް ޕްރޮމޯޝަން ލޯކަލް ކޮންސަލްޓަންސީ ފާރމް/ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ވެބްސައިޓް http://www.tourism.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޑިސެންބަރު 2017 ވާ އާންގާރަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީ (ވެލާނާގެ 5 ވަނަ ފަންގިފިލާ) އަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3022266 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.   

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ/ ޕްރޮފައިލް
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު/ ރެޖިސްޓްރޭޝަން ސެޓްފިކެޓް
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ފާރމަކުންނަމަ ޓީމް މެމްބަރުންގެ)
  5. މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްލޭނިންގ ސެކްޝަން،

ނަންބަރު : 5 ވަނަ ފަންގިފިލާ، ވެލާނާގެ، މާލެ، ދިވެހިރާއްޖެ

އީމެއިލް : [email protected]    ފޯން : 3022266

ކޮންސަލްޓަންސީ ދޭނޭ ފަރާތެއް ހޮވުން: މި ކަމަށް ބޭފުޅަކު ހޮވޭނީ އިންޓަރވިއުކޮށް އަދި ހުށަހަޅާ ލިޔެކިޔުންތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ.

 

30 ރަބީޢުލްއައްވަލް 1439

18 ޑިސެންބަރު 2017
ހޯދާ