އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމު ވިޔަފާރި ކުރުމަށް ބިން ދޫކުރުމާބެހޭ:

ޢާންމު ވިޔަފާރި ކުރުމަށް ބިން ދޫކުރުމާބެހޭ:

            މިރަށުގައި ޢާންމު ވިޔަފާރި ކުރުމަށް، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1480 އަކަފޫޓްގެ 4 ބިމަށް

އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން 2018 ޖެނުއަރީ 10 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލް

އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމް މިކައުންސިލް އިދަރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ބިޑް

ޑޮކިއުމަންޓްގެ އަގަކީ -/500 ( ފަސްސަތޭކަ ރުފިޔާ ) އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2017 ޑިސެމްބަރ 25 ވަނަ ދުވަހުން

ފެށިފެން 2018 ޖެނުއަރީ 4 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި 9:00 އިން 14:00 އާ

ދެމެދު މިއިދާރާގެ ކައުންޓަރުންނެވެ. ކޮންމެ ބިމަކަށް ވަކި ބިޑް ފޯމެއް ބައްލަވައިގަންނަވަން ޖެހިވަޑައި ގަންނަވާނެއެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ

މިއިޢުލާނާއެކު ޢާންމު ކުރާ ޗާޓްގައި ފާހަގަ ކުރެވިފައިވާ ތިރީގައި މިދަންނަވާ ބިންބިމެވެ. 1480 އަކަފޫޓްގެ 4 ބިމެވެ.

           ބިޑް ހުށަހަޅުއްވާނީ ކުންފުނި /ކޯޕްރޭޓިވް/ ލޯކަލް އިންވެސްޓްމެންޓް ގެ ފަރާތުންނަމަ ބިޑު ހުށަހަޅުއްވަން

ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރ ޖަހާފައިވާ، ކުންފުނި / ކޯޕްރޭޓިވް/ ލޯކަލް އިންވެސްޓްމެންޓް ގެ ލިޔުމެއް އަދި

ކުންފުނި/ ކޯޕްރޭޓިވް/ ލޯކަލް އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންގެ

ބަދަލުގައި މީހަކު ފޮނުވާގެން ހުށަހަޅާނަމަ ބިޑް ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމް ހިފައިގެން ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. އަދި

ބަދަލުގައި ހުށަހަޅާނަމަ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.

                ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.

17 ޑިސެންބަރު 2017
ހޯދާ