މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ރަންނާ ގިމަތަ (ކ.ވިލިނގިލި އެމްޓީސީސީ ފެރީ ޓާރމިނަލް) އާއި ގުޅިފައިވާ 5639.21 އަކަފޫޓުގެ ޕްލޮޓް-(A) އަދި 1690.80 އަކަފޫޓުގެ ޕްލޮޓް-(B) ކުއްޔަށް ދޫކުރުން (ތިންވަނަ ގޮވައިލުން)

 ނަންބަރު:MREIC/IU/2017/0040

 

ކުއްޔަށް ދޫކުރުން

 

ރަންނާ ގިމަތަ (ކ.ވިލިނގިލި އެމްޓީސީސީ ފެރީ ޓާރމިނަލް) އާއި ގުޅިފައިވާ 5639.21 އަކަފޫޓުގެ ޕްލޮޓް-(A) އަދި 1690.80 އަކަފޫޓުގެ ޕްލޮޓް-(B) ކުއްޔަށް ދޫކުރުން (ތިންވަނަ ގޮވައިލުން) :

ރަންނާ ގިމަތަ (ކ.ވިލިނގިލި އެމްޓީސީސީ ފެރީ ޓާރމިނަލް) އާއި ގުޅިފައިވާ 5639.21 އަކަފޫޓުގެ ޕްލޮޓް-(A) އަދި 1690.80 އަކަފޫޓުގެ ޕްލޮޓް-(B) އަމިއްލަ ޙަރަދުގައި ތަރައްޤީކުރެވޭނެ ފަރާތަކަށް 8 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  13 ޑިސެމްބަރު 2017 ވާ ބުދަ ދުވަހު 13:30 އަށް، މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށައެޅުން އޮންނާނީ 25 ޑިސެމްބަރު 2017 ވާ ހޯމަ ދުވަހު 13:30 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.  

 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ  މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

                            22 ރަބީޢުލްއައްވަލް 1439

                            10 ޑިސެމްބަރު 2017

10 ޑިސެންބަރު 2017
ހޯދާ